އެޕަލްގެ ސްމާޓް ގަޑިތަކާ ވާދަކުރަން ގޫގުލް އިން އަންނަ އަހަރު ސްމާޓް ގަޑި ނެރެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
04 ޑިސެމްބަރ 2021
އެޕަލްގެ ސްމާޓް ގަޑިތަކާ ވާދަކުރަން ގޫގުލް އިން އަންނަ އަހަރު ސްމާޓް ގަޑި ނެރެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ގޫގުލް އިން ސްމާޓް ގަޑި އުފެއްދުމުގެ މަސައްކަތް ވަރުގަދަކުރީ މި އަހަރު އެވެ. ކޯޑް ނަމަކަށް "ރޯހަން" ގެ ނަން ދީފައިވާ ގޫގުލްގެ ގަޑި އަކީ އެޕަލްގެ ގަޑިއާ ހުރިހާ ގޮތަކުން ވެސް ވާދަކުރެވޭ ނުވަތަ އެއަށް ވުރެ ހުރިހާ ގޮތަކުން ފެންވަރު ރަނގަޅު އަދި ފީޗާތައް ގިނަ އެއްޗަކަށް ވާނެ އެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ކުންފުނީގެ ތެރޭގައި "ޕިކްސެލް ވޮޗް" އަދި "އެންޑްރޮއިޑް ވޮޗް" ގެ ނަން ވެސް އެއަށް ކިޔަމުން އަންނަ އިރު، ރަސްމީކޮށް އަދި ގޫގުލްގެ ސްމާޓް ގަޑިއަށް ކިޔާނެ ނަމެއް ކަށަވަރެއް ނުވެ އެވެ. އެކަމަކު މި ގަޑި މިހާރު ޓެސްޓްކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެ އެވެ.
EXCLUSIVE: Google is planning to launch its own 'Pixel Watch' in 2022 as it renews ambitions in wearable tech https://t.co/NDk5m2gu6o
— Business Insider (@BusinessInsider) December 2, 2021
ސްމާޓް ގަޑި ނެރެން ގޫގުލް އިން މަސައްކަތް ފަށާފައި މި ވަނީ އެފަދަ ޑިވައިސްތައް ނެރޭ ކުންފުނި ފިޓްބިޓް ވެސް ގަނެފައި ވަނިކޮށެވެ. އެހެންވެ ގޫގުލްގެ ގަޑީގައި ފިޓްބިޓްގެ ރަހަގަނޑު ވަރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ. އެކަން ކަށަވަރުވާ ކަމަކީ ފިޓްބިޓާއި ގޫގުލްގެ ވެއާ އޯއެސް ސޮފްޓްވެއާ ވެސް މަސްހުނިކޮށްގެން ދެން މަސައްކަތްތައް ކުރިއަށް ގެންދަން ރާވާފައިވާތީ އެވެ.
ގޫގުލްގެ ސްމާޓް ގަޑިއާ ބެހޭ ގޮތުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު މީޑިއާތަކުން ބުނީ ގަޑި ނެރޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ބަހާރު މޫސުމުގައި ކަމަށެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
މަހުޖަނު ލެރީއަށް ނިއު ޒީލެންޑްގެ ރަށްވެހިކަން
ގޫގުލްގެ އިސް މީހަކު އަނެއްކާވެސް މަގާމުން ވަކިކޮށްފި
މުސާރައިގެ ފަރަގު ހައްލުކުރަން ގޫގުލް އިން 2.5 މިލިއަން ޑޮލަރު
ގޫގުލް އިން ވައްކަންކުރުމުން 18 މަހުގެ ޖަލު ހުކުމެއް
ގޫގުލް ހިންގާ އަލްފަބެޓްގެ އަގު ޓްރިލިއަން ޑޮލަރަށް
ގޫގުލް އޮފީހާ އެކު މަސައްކަތްކުރަން މަޝްވަރާކޮށްފި
ގޫގުލް ޗެޓްބޮޓްގެ ޖަވާބަކުން 100 ބިލިއަން ގެއްލުން
ގޫގުލް އިން "ޗެޓްޖީޕީޓީ" އާ ވާދަކުރަން ޗެޓް ބޮޓެއް
ޓެކް ކުންފުނިތަކުން މުވައްޒަފުން މަދުކުރަނީ ކީއްވެ؟