Roadha Mihaaru
ޝާހުރުކް ބުނަނީ ސަލްމާނަކީ "ގޯޓް" ކަމަށް

ޝާހުރުކް ބުނަނީ ސަލްމާނަކީ "ގޯޓް" ކަމަށް

30 ޖެނުއަރީ 2023

މިހާރު ބޮލީވުޑްގައި އެންމެ އަޑު ގަދަ ފިލްމު، "ޕަތާން" ގައި އެންމެ ފާހަގަކޮށްލެވޭ މަންޒަރަކަށް ފޭނުން ދެކެނީ ކެމިއޯއެއްގެ ގޮތުގައި ސަލްމާން ހާން ފެނުމެވެ. ޓައިގާގެ ރޯލުން ސަލްމާން ފެންނައިރު، އޭނާ އާއި ޝާހްރުކް ހާންގެ "ބްރޯމޭންސް" ފެންނަ ސީނަށް ގިނަބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މިހާރު ބޮލީވުޑްގައި އެންމެ އަޑު ގަދަ ފިލްމު، "ޕަތާން" ގައި އެންމެ ފާހަގަކޮށްލެވޭ މަންޒަރަކަށް ފޭނުން ދެކެނީ ކެމިއޯއެއްގެ ގޮތުގައި ސަލްމާން ހާން ފެނުމެވެ. ޓައިގާގެ ރޯލުން ސަލްމާން ފެންނައިރު، އޭނާ އާއި ޝާހްރުކް ހާންގެ "ބްރޯމޭންސް" ފެންނަ ސީނަށް ގިނަބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

އެ ދެމީހުން އަސްލު ދިރިއުޅުމުގައި އޮންނަ ގާތްކަން ސްކްރީނުން ފެންނަ ފޭނުން ބުނެ އެވެ. މިކަމާ ގުޅުވައިގެން ޝާހު ކުރި ޓްވީޓެއްގައި ވަނީ ސަލްމާނަކީ "ގޯޓް" (ގްރޭޓެސްޓް އޮފް އޯލް ޓައިމް) ނުވަތަ މިހާތަނަށް ފެނުނު އެންމެ މޮޅު އެކްޓަރު ކަމަށް ބުނެފަ އެވެ.

ސަލްމާނާއި ޝާހްރުކް: އެ ދެމީހުން ޕަތާންގައި ފެންނަ ސީނަށް ގިނަ ބަޔަކު ތައުރީފްކުރޭ

ސަލްމާނާއި ޝާހްރުކް: އެ ދެމީހުން ޕަތާންގައި ފެންނަ ސީނަށް ގިނަ ބަޔަކު ތައުރީފްކުރޭ

ޕަތާން ކިތަންމެ ކާމިޔާބީއެއް ހޯދިޔަސް، ބޮކްސް އޮފީހުގައި އެ ފިލްމަށް ސަލްމާނާ ވާދަނުކުރުވޭނެ ކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެމުން ޝާހް ކުރި ޓްވީޓްގައި ބުނީ ސަލްމާނަކީ "މިހާރު ޒުވާނުން ކިޔާ ގޮތަށް" ގޯޓް ކަމަށެވެ.

އެ ޓްވީޓު ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ލިބިފަ އެވެ. ޝާހު އާއި ސަލްމާނަކީ ވެސް "ގޯޓް" ކަމަށް އެއްބަޔަކު ބުނާއިރު، އަނެއް ބަޔަކު އަންނަނީ ސަލްމާނުގެ މަޑުމާތްތިރިކަމާއި ހިތްތިރިކަމަށް ތައުރީފު ކުރަމުންނެވެ.

ސިދްހާތް އާންންދު ޑައިރެކްޓްކޮށް، "ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް)" އިން އުފެއްދި "ޕަތާން" ފިލްމުގެ ތިން ވަނަ ދުވަހު ގްލޯބަލް ބޮކްސް އޮފީސް ކަލެކްޝަންގެ ގޮތުގައި ލިބުނު އާމްދަނީ ގާތްގަނޑަކަށް 20 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރައިފަ އެވެ. އެ ފިލްމު ވަނީ ކޮވިޑަށް ފަހު ޕްރީ ރިލީޒް ޓިކެޓް އެންމެ ގިނައިން ވިކުނު ފިލްމުގެ ރެކޯޑު ލިބިފަ އެވެ.