01 އެޕްރީލް 2023
އިންޑިއާގެ މަގްބޫލު ފިލްމް-މޭކާ އަދިތިޔާ ޗޯޕްރާގެ ސްޕައި ޔުނިވާސްގައި ބޮލީވުޑްގެ ވަރުގަދަ ތަރިން ކަމަށްވާ ޝާހްރުކް ހާން އަދި ސަލްމާން ހާނުގެ ހާއްސަ ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށަން ތައްޔާރީތައް ވާން ފަށައިފި އެވެ.
އިންޑިއާގެ މަގްބޫލު ފިލްމް-މޭކާ އަދިތިޔާ ޗޯޕްރާގެ ސްޕައި ޔުނިވާސްގައި ބޮލީވުޑްގެ ވަރުގަދަ ތަރިން ކަމަށްވާ ޝާހްރުކް ހާން އަދި ސަލްމާން ހާނުގެ ހާއްސަ ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށަން ތައްޔާރީތައް ވާން ފަށައިފި އެވެ.
އެ ފިލްމު އުފައްދާ އިންޑިއާގެ ސްޓޫޑިއޯ "ޔާޝް ރަޖަވް ފިލްމު (ވައިއާރްއެފް)" ގެ ކަންކަން އެނގޭ މީހުންނާ ހަވާލާދީ "ވެރައިޓީ" ނޫހުން ބުނި ގޮތުގައި، "ޓައިގާ ވާސަސް ޕަތާން" ގެ ނަން ދީފައިވާ އެ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅުގައި ފަށާނެ އެވެ.
ޝާހްރުކް ހާން އަދި ސަލްމާން ހާން، "ޕަތާން" ފިލްމުގައި
މި އަހަރު ނިކުތް އެންމެ ކާމިޔާބު ބޮލީވުޑް ފިލްމު، "ޕަތާން" ގެ އެ ސީކުއެލްއާ ގުޅޭ މާބޮޑު ތަފްސީލެއް އަދި އާންމެއް ނުކުރެ އެވެ. ވައިއާރްއެފް އިން ވެސް އެ ފިލްމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
ޝާހްރުކާއި ދީޕިކާ ޕަދުކޯން އަދި ޖޯން އަބްރަހަމް ލީޑުން ފެނުނު "ޕަތާން" ފިލްމަށް މިހާތަނަށް ވަނީ 130 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އަދި އެ ފިލްމުގައި ޓައިގާގެ ރޯލުން ފެނުނު ސަލްމާންގެ ކެމިއޯއަށް ފޭނުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
އަދިތްޔާ ޗޯޕްރާގެ ސްޕައި ޔުނިވާސްގައި ހިމެނޭ "ޓައިގާ" ފްރަންޗައިޒްގައި ސަލްމާނާއި ކެޓްރީނާ
އަދިތިޔާގެ ސްޕައި ޔުނިވާސްގެ ފިލްމުތައް ފަށާފައި ވަނީ ސަލްމާން އަދި ކެޓްރީނާ ކައިފް އުޅޭ "ޓައިގާ" ފްރަންޗައިޒުގެ، 2012 ވަނަ އަހަރު ނިކުތް "އޭކް ތާ ޓައިގާ" ފިލްމުންނެވެ. އޭގެ ފަހުން، "ޓައިގާ ޒިންދާ ހެއި (2017)" ނެރުނު އިރު، ސްޕައި ޔުނިވާސް އިން ދެން ފެނުނީ ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ "ވާ" ފިލްމެވެ.
އަދިތްޔާ ޗޯޕްރާގެ ސްޕައި ޔުނިވާސްގައި ހިމެނޭ ރިތިކް އާއި ޓައިގާގެ "ވާ" ފިލްމުގެ ޕޯސްޓަރު
އެ ތިން ފިލްމަށް ފަހު މި އަހަރު ނިކުތް "ޕަތާން" ފިލްމާއެކު މިހާތަނަށް އަދިތްޔާގެ ޔުނިވާސްގެ ފިލްމުތަކަށް ލިބުނު އާމްދަނީ 300 މިލިއަން ޑޮލަރަށް ވުރެ ގިނަ އެވެ. އެ ޔުނިވާސްގައި ދެން އެންމެ އަވަހަށް ނިކުންނާނީ މި އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރާ "ޓައިގާ 3" ފިލްމެވެ.
"ޓައިގާ"، "ވާ" އަދި "ޕަތާން" ގައި ވެސް މައިގަނޑު ކޮށް އުޅެނީ އިންޑިއާގެ މައި އިންޓެލިޖެންސް އޭޖެންސީ "ރިސާޗް އެންޑް އެނަލިސިސް ވިންގް (ރޯ)" ގެ އޭޖެންޓުންނެވެ.
ޝާހްރުކާއި ސަލްމާން "ޕަތާން" ފިލްމުގައި
"ޕަތާން" ނިމުނީ، ރޯ އޭޖެންޓު ޓައިގާ (ސަލްމާން) އަދި ޕަތާން (ޝާހްރުކް) ގައުމު ދިފާއުކުރުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ދެމީހުން އަމިއްލަ އަށް ކަމަށް ނިންމާ ފަހުންނެވެ.
ކުރިމަގުގައި ސްޕައި ޔުނިވާސް ފުޅާކުރާއިރު، މީގެ ކުރިން ނިކުތް ފިލްމުތަކުގެ ގިނަ ކެރެކްޓާއިން ފެނުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ދުވަސްތަކަކަށް ފަހު ބޮލީވުޑްގެ ތިން ހާނުން އެކުގައި
ޝާހުރުކް ބުނަނީ ސަލްމާނަކީ "ގޯޓް" ކަމަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބަންސާލީގެ އާ ފިލްމުގައި ޝާހްރުކާއި ސަލްމާން
ޝާހްރުކްގެ ކާމިޔާބީގެ ކްރެޑިޓް ސަލްމާންގެ އާއިލާ އަށް
ތިން ޚާނުން އިޒްރޭލު ބޮޑުވަޒީރާ ބައްދަލެއް ނުކުރި
ޝާހްރުކްގެ ޚާއްސަ ހަދިޔާއެއް ސަލްމާން ޚާނަށް
ޝާހްރުކްގެ އާ ފިލްމުގައި ސަލްމާން ބައިވެރިވަނީ
ބޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޝާހްރުކަށް
އަޖޭ އާއި ޝާހްރުކް "ޓިއުބުލައިޓް"ގެ ފައިދާ ނަގަނީ