Roadha Mihaaru
ގާޒީ ޝަކީލާއެކު ތިން ބޭފުޅަކު ހައިކޯޓަށް ކުރިމަތިލައިފި

އިސްގާޒީ ޝަކީލާ އެކު ތިން ބޭފުޅަކު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި

30 ޖެނުއަރީ 2023

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލާ އެކު އިތުރު ތިން ބޭފުޅަކު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލާ އެކު އިތުރު ތިން ބޭފުޅަކު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމުގެ ތެރެއިން އެއް މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދިން މުއްދަތު މިއަދު މެންދުރު ވަނީ ހަމަވެފަ އެވެ.

ޖޭއެސްސީން ބުނީ މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ އިސްގާޒީ ޝަކީލްގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާއި ގދ. ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު ޝަނީޒް އަބްދުﷲ ގެ އިތުރުން ހުޅުމާލޭ ދޮޅަސް، ހުސައިން ޝަކީބް ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު، މަހަކު 54،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

އިސް ގާޒީ ޝަކީލަކީ ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރެވެ. އެ މައްސަލާގައި ޔާމީނާއި އެމަނިކުފާނާ އެކު ދައުވާލިބުނު ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ޖަލަށްލާން މިދިޔަ މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.