Roadha Mihaaru
ރޮނާލްޑޯ ކެރިއަރު ނިންމާލާނީ ޔޫރަޕުގައި: ކޯޗު

ރޮނާލްޑޯ ކެރިއަރު ނިންމާލާނީ ޔޫރަޕުގައި: ނަސްރުގެ ކޯޗު

31 ޖެނުއަރީ 2023

ރިޔާދު (ޖެނުއަރީ 31) - ރެކޯޑް އަގަކަށް ސައުދީ އަރަބިއްޔާގެ އައް ނަސްރަށް ބަދަލުވި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރު ސައުދީ ގައި ނިންމާ ނުލާނެ ކަމަށާއި ކޮންޓްރެކްޓް ހަމަވުމުން އެނބުރު ޔޫރަޕަށް ދާނެ ކަމަށް ނަސްރުގެ ކޯޗު ރުޑީ ގާސިއާ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރިޔާދު (ޖެނުއަރީ 31) - ރެކޯޑް އަގަކަށް ސައުދީ އަރަބިއްޔާގެ އައް ނަސްރަށް ބަދަލުވި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރު ސައުދީ ގައި ނިންމާ ނުލާނެ ކަމަށާއި ކޮންޓްރެކްޓް ހަމަވުމުން އެނބުރު ޔޫރަޕަށް ދާނެ ކަމަށް ނަސްރުގެ ކޯޗު ރުޑީ ގާސިއާ ބުނެފި އެވެ.

"ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ޓީމަށް އިތުރުވި ވަރަށް ރަނގަޅު ކުޅުންތެރިއެއް. އޭނާ ހުރުމުން އިދިކޮޅު ޑިފެންޑަރުން ފަސްޖެހޭނެ،" ނަސްރުގެ ކޯޗު ގާސިއާ ބުންޏެވެ.

"އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ. އޭނާގެ ކެރިއަރު އައް ނަސްރުގައި ނިންމައެއް ނުލާނެ، އޭނާ އެނބުރި ޔޫރަޕަށް ދާނެ."

ނަސްރުން މަސައްކަތް ކުރަނީ އުމުރުން 37 އަހަރުގެ ރޮނާލްޑޯގެ ތަޖުރިބާއާ އެކު އެ ކުލަބަކީ ސައުދީ އާއި އޭޝިއާގެ ފުޓުބޯޅައިގެ ބޮޑު ބާރަކަށް ހަދާށެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން އެ ކުލަބުން އަންނަނީ، ރިޓަޔާ ކުރުމާ ގާތަށް ގޮސްފައިވާ ޔޫރަޕްގެ ފުޓްބޯޅައިގެ ގިނަ ތަރިންތަކެއް އެ ކުލަބަށް ގެންނަން މަސައްކަތް ކުރަމުންނެވެ. އަދި ރޮނާލްޑޯގެ ކޮންޓްރެކްޓް އިތުރުކޮށް ރިޓަޔާކުރަންދެން އެ ކްލަބުގައި އޭނާ ބަހައްޓަން ވެސް ބޭނުންވެ އެވެ.

ރޮނާލްޑޯ ނަސްރަށް ބަދަލުވީ ދެ އަހަރާ ބައިގެ މުއްދަތަކަށް، އަ އަހަރަކު 200 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު މުސާރައަކަށް، ސައިނިން ބޯނަހެއްގެ ގޮތުގައި 100 މިލިއަން ޔޫރޯއާ ވެސް އެކު އެވެ. މިއާ އެކު ރޮނާލްޑޯ ވެފައި ވަނީ ފުޓްބޯޅައިގައި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށެވެ.

މިދިޔަ ޑިސެމްބަރު މަހު ރޮނާލްޑޯ އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލީ، އޭނާގެ ޓީވީ އިންޓަވިއުއެއްގެ ސަބަބުން، ދެފަތާރް އެއްބަސްވެގެން ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ.

ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ މިހާތަނަށް ނަސްރަށް ދެ މެޗު ކުޅެދިން ނަމަވެސް އަދި އެ ޓީމުގައި ގޯލެއް ޖެހޭގޮތެއް ނުވެ އެވެ.

ރޮނާލްޑޯ އާއެކު ނަސްރު ދެން އެންމެ އަވަހަށް ނުކުންނާނި ހުކުރު ދުވަހުގެ ރޭ ލީގުގައި އަލް ފާތިހާ ދެކޮޅަށެވެ.