02 ފެބުރުއަރީ 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން "ލޭ އޮހޮރުވުމަކުން ވެސް ބަދަލުކުރަން ވެއްޖެ" ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ކުރެއްވި ޓުވީޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން "ލޭ އޮހޮރުވުމަކުން ވެސް ބަދަލުކުރަން ވެއްޖެ" ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ކުރެއްވި ޓުވީޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ޓްވިޓަ ހޭންޑްލް "ނަންނަޒީވް" އިން ކޮށްފައިވާ ޓުވީޓެއްގެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.
"ބަޔަކު ވަރަށް ހަރުކަށިކަމާ އެކު ނުކުމެ މި ވެރިކަން ނިންމަން ވެއްޖެ،" ޝިއުނާގެ ޓްވީޓް ފަށަމުން ލިޔެފައި އޮތެވެ. އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް ލިޔެފައި އޮތީ ކޮންމެ ދުވަހަކު އެތައް މުސްލިމުންގެ މައްޗަށް އަނިޔާވެރިކަން ހިންގަމުންދާ ކަމަށާއި ރައީސް ހަމަބިމަށް ތިރިކުރަން ވެއްޖެ ކަމަށެވެ.
"ޓްވީޓްކުރަން ތިބެގެން ވާކަށް ނެތް. ލޭއޮހޮރުވުމަކުން ވެސް ބަދަލުކުރަންވެއްޖެ." ޓްވީޓްގައި ބުނެފައިވެ އެވެ.
މިއަދު ހެނދުނު ކުރި އެ ޓްވީޓް މިހާރު ވަނީ ޑިލީޓްކޮށްފަ އެވެ.
ޓެރަރިޒަމަށް ހިތްވަރުދިނުމަކީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޖިނާއީ ކުށެކެވެ. މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި އެފަދަ ކަންކަމަށް ހިތްވަރުދީ ޕޯސްޓުތައް ކުރާ މީހުން ހައްޔަރުކޮށް، ދައުވާ ވެސް އުފުލާފައިވެ އެވެ.
ޓުވީޓާ ގުޅިގެން ޝިއުނާއަށް ނަސޭހަތް ދިނިން: މޭޔަރު
ރައީސަށް އަނިޔާވެރިވާން ގޮވި މައްސަލަ ބަލަނީ
ދީނަށް ފުރައްސާރަކުރާ މައްސަލާގައި ކޮމިޓީއެއް
"ފަންކާ ވަގެއް" ހައްޔަރުކޮށް ބަންދަށް
މާލޭ މިސްކިތެއްގެ ދޮރުގައި ރޯކުރަން މަސައްކަތްކޮށްފި
މާލޭގެ ގެއަކުން ބައިބައި ވެއްޓޭތާ އެތައް ދުވަހެއް
މަގުމައްޗަށް ކުނިއެޅި 185 މީހުން ޖޫރިމަނާކޮށްފި
މާލޭގެ މަގުތަކަށް ކުނި އެޅި ބިދޭސީއަކު ޑީޕޯޓްކޮށްލަނީ
ސަލްޓަން ޕާކުގެ ބޯޑުތަކަށް ގެއްލުންދީފި
މަގުމައްޗަށް ކުނި އަޅާ މީހުން ހޯދައި އެ މީހުން ލައްވާ ނަގުވަނީ