Roadha Mihaaru

ރައީސަށް އަނިޔާވެރިވުމަށް ގޮވައިލި އިދިކޮޅު އިސް ބޭފުޅެއްގެ މައްސަލަ ފުލުހުން ބަލަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަނިޔާވެރިވުމަށް ގޮވާލައި، އިދިކޮޅު ޕީޕީއެމްގެ ކައުންސިލްގެ މެންބަރަކު ކުރެއްވި ޓުވީޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ރައީސަށް އަނިޔާވެރިވާން ގޮވި މައްސަލަ ބަލަނީ
މޫސާ ރަޝީދު
މޫސާ ރަޝީދު

17 ޖެނުއަރީ 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަނިޔާވެރިވުމަށް ގޮވާލައި، އިދިކޮޅު ޕީޕީއެމްގެ ކައުންސިލްގެ މެންބަރަކު ކުރެއްވި ޓުވީޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ރައީސަށް އަނިޔާވެރިވުމަށް ގޮވައިލި ޓުވީޓަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ގެންދަވާ ޒާހިދު ރަމީޒުގެ ޓުވީޓުގައި ވިދާޅުވީ، ދުނިޔޭގެ ގައުމުތަކުގައި ޣައްދާރުވުމުން މަރުގެ ހުކުމްކުރާ ކަމަށާއި ރާއްޖޭގައި ވެސް އިސްލާމީ ޝަރީއަތާ އެއްގޮތަށް މަރުގެ ހުކުމް ތަންފީޒު ކުރާ ތަން ދެކެން ބޭނުންވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ ބޭނުން ވަނީ ރައީސް "ދަންޖައްސަން" ކަމަށް އޭނާގެ ޓުވީޓުގައި ވެ އެވެ.

މާލޭގައި ކުރިން ހިންގި ނިއުޕޯޓް ރެސްޓޯރަންޓުގެ ވެރިޔާ ޒާހިދު ކުރިން ވެސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒު ކުރައްވައި މިފަދަ ޓުވީޓުތައް ކުރައްވައިފަ އެވެ.