ހުޅުމާލޭ 2 ގައި އަޅާފައިވާ ވިނަރެސް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ.
02 ފެބުރުއަރީ 2023
ހުޅުމާލޭ 2 ގައި އަޅާފައިވާ ވިނަރެސް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ.
ވިނަރެސް ފްލެޓްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އާންމު ކުރުމަށް ފަހު އެ ލިސްޓަށް ޝަކުވާ ހުށަހަޅަން އޮތީ ހުޅުވާލައިފަ އެވެ. އަދި ދާއިމީ ލިސްޓް ނެރުނީ ހައުސިން މިނިސްޓްރީން ވަގުތީ ލިސްޓް ހައުސިން މިނިސްޓްރީން މުރާޖާ ކުރުމަށްފަހު އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު ދާއިމީ ލިސްޓުގައި، މާލޭގައި ރަޖިސްޓްރީނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއިން 1094 މީހަކު ޝަރުތު ހަމަވާއިރު، މާލޭގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހަކު ޝަރުތު ހަމަވެ އެވެ.
އެކަމަކު ލިޔުންތައް ހަމަނުވާތީ، ކުރިން ނެރުނު ވަގުތީ ލިސްޓުގައި ޝަރުތު ހަމަވީ 723 މީހެކެވެ.
ވިނަރެސް މަޝްރޫއިން އެފާރޓްމަންޓް ގަތުމަށްއެދި ފޯމު ހުށަހެޅި ފަރާތްތަކުގެ މުރާޖާ ކޮށްފައިވާ ލިސްޓު އާންމުކުރުން
— HDC (@hdcmaldives) February 2, 2023
ލިންކް: https://t.co/XJGf2FhIgj
އެޗްޑީސީން ކުރި ޓްވީޓް
އެޗްޑީސީން ބުނީ އެ ލިސްޓުގައި ސީލައިފާއި ހިޔާ އަދި ގުޅީފަޅު ކެޓަގަރީގެ މީހުން ނުހިމެނޭ ކަމަށެވެ.
ލިސްޓުގައި ނަން އޮތް ފަރާތްތަކުގެ ތެރެއިން ދެމަފިރިން ވަކިން ފޯމް ހުށަހަޅާފައި އޮތަސް، ލިބޭނީ އެންމެ ފްލެޓެއް ގަތުމުގެ ފުރުސަތު ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނިގޮތުގައި ދެން އޮންނާނީ ފްލެޓަށް ޝަރުތު ހަމަވި ފަރާތްތަކުގެ މާލީ ގާބިލްކަން ބެލުމުގެ މަރުހަލާ އެވެ. އެ މަރުހަލާ ނިމުމުން ބުކިން ފީ ނެގުމާއި ބޭނުންވާ ފްލެޓް އިހްތިޔާރު ކުރުމުގެ ފުރުސަތަށް ހުޅުވާލާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ފްލެޓަށް އެއްކޮށް ފައިސާ ދައްކާ ގޮތަށް ހުށަހަޅާފައިވާ ފަރާތްތަކާއި ލޯނު މެދުވެރިކޮށް ފައިސާ ދައްކާ ގޮތަށް ފްލެޓަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މާލީ ގާބިލްކަން ވެސް ތިން ވަނަ ފަރާތެއް މެދުވެރިކޮށް ބަލާނެ ކަމަށެވެ. އަދި އެކަމާބެހޭ މައުލޫމާތު ދޭން ގުޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ވިނަރެސްގެ 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،340 އެޕާޓްމެންޓް ހުންނާނެ އެވެ.
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި
ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!
ވިނަރެސް ފްލެޓު ގަންނަން ފުރުސަތު ހުޅުވާލައިފި
ވިނަރެސްފްލެޓްތައް ދޫކުރަން ދެން ގިނަ ދުވަހެއް ނުނަގާނެ
އެޗްޑީސީގެ ސީއެފްއޯ އާއި ބިޒްނަސް ހެޑް ވަކިކޮށްފި
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
އެޗްޑީސީގެ 15 މުވައްޒަފަކު ވަކިކޮށްފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް