އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ޑިޖިޓަލައިޒްކޮށް، އެ ލައިސަންސް ރޭ ތައާރަފުކޮށްފި އެވެ.
06 ފެބުރުއަރީ 2023
އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ޑިޖިޓަލައިޒްކޮށް، އެ ލައިސަންސް ރޭ ތައާރަފުކޮށްފި އެވެ.
ޑިޖިޓަލް ލައިސަންސްގެ މައުލޫމާތު ނޫސްވެރިންނަށް ހިސާކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ލައިސަންސް ދޫކުރާ، ސަވާރީ އިންފޮމޭޝަން މެނޭޖްމެންޓް ސިސްޓަމް (ސިމްސް) ބޭނުންކުރާނެ ގޮތް ދައްކާލައިފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި، އެ މިނިސްޓްރީގެ ޕޯޓަލްއަށް އީފާސް އެކައުންޓް މެދުވެރިކޮށް ވަދެ، ލައިސެންސް ބަލައި، ޑިޖިޓަލް ލައިސެންސް ޑައުންލޯޑް ކުރެވޭނެ އެވެ. ލައިސަންސްގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ އެވެ. އަދި ފިޒިކަލް ލައިސަންސް ކާޑު ނެތަސް، ފުލުހުންގެ މޯބައިލް އެޕް "ޕޮލިސް އެމްވީ" އިން ފެންނަ ޑިޖިޓަލް ލައިސަންސް ބަލައި ގަންނާނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު ނަހުލާ އާއި މިނިސްޓްރީގެ އިސްވެރިން -- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ޑިޖިޓަލް ލައިސަންސްގެ ހިދުމަތް ފެށުމުން ކޮންމެހެން ބޭނުންވެގެން ނޫނީ ޕްރިންޓުކޮށްގެން ލައިސަންސް ކާޑު ދޫނުކުރާނެ ކަމަށެވެ. ފޯނު ބޭނުންކުރަން އުނދަގޫ މީހުންނަށް، ލައިސަންސް ޕްރިންޓްކުރުމުގެ އިހުތިޔާރު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފޯނުން ލައިސެންސް ދައްކާލެވޭ ގޮތަށް އިންނާނީ. އެނޫން ހާލަތެއްގައި ވެސް އަމިއްލައަށް ޕްރިންޓެއް ނަގަން ބޭނުންނަމަ އަމިއްލައަށް ޕްރިންޓެއް ނަގައިގެން ވެސް ބޭނުން ކުރެވިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
We’ve launched our new software SIMS - Savaaree Information Management System. In our first phase of the rollout, you can view your Land Vehicle Driving License digitally. ? ?https://t.co/zPulQM6KZN pic.twitter.com/kToSUWDNx7
— Ministry of Transport and Civil Aviation (@MoTCAmv) February 5, 2023
ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އަލަށް ބޭނުންކުރަން ފަށާ ސޮފްޓްވެއާއަށް ބަދަލުވުގެ މަސައްކަތް ކުރުމަށް، ޑްރައިވިން ލައިންސަންސާ ގުޅޭ ހުރިހާ ހިދުމަތެއް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އޮތީ މެދުކަނޑާލައިފަ އެވެ.
ރޭގައި ތައާރަފުކުރި މި އާ ސޮފްޓްވެއާއެކު އެ ހުރިހާ ހިދުމަތެއް އަލުން ވަނީ ފަށައިފަ އެވެ.
މެލޭޝިއާގައި ރާއްޖެ ލައިސެންސް ބޭނުންކުރެވޭގޮތް ހަދައިފި
ޑްރައިވިން ޓެސްޓުގެ ތިއަރީ ހަދަން ޕޮލިޓެކްނިކަށް
ރާއްޖޭގެ ލައިސަންސް މެލޭޝިއާއިން ގަބޫލުކުރާ ގޮތް ހަދަނީ
ލައިސަންސްގެ ތިއަރީ އިމްތިހާނު ހެދުން މިނިސްޓްރީގައި
އިތުރު 10 ރަށަކުން ލައިސަންސް ނެގޭނެ ގޮތް ހަދައިފި
ލައިސަންސް ޓެސްޓް ހެދުމުގެ އުސޫލު ބަދަލުކުރަނީ
ޓްރާންސްޕޯޓުގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށްފި
އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސަށް ހުޅުވާލައިފި
ޑޮމެއިންއާ ގުޅޭ މުއާމަލާތުތައް ހުއްޓާލަން އަންގައިފި
ޔޫކޭއާއެކު މެރިޓައިމް ސެކިއުރިޓީއާ ގުޅޭ އެއްބަސްވުމެއް