ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށް، އެއްތަނަކުން ލިބޭގޮތަށް ބަދަލުކޮށްފި އެވެ.
12 ނޮވެމްބަރ 2023
ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށް، އެއްތަނަކުން ލިބޭގޮތަށް ބަދަލުކޮށްފި އެވެ.
މިނިސްޓްރީގެ ހިދުމަތްތައް މީގެ ކުރިން ހޯދުމަށް ފޯމު ޑައުންލޯޑު ކޮށްގެން ފުރައި ސްކޭންކުރުމަށްފަހު ޖެހެނީ އަޕްލޯޑު ކުރާށެވެ. ނަމަވެސް މިއަދު އަލަށް ތައާރަފްކުރި "ޓްރާންސްޕޯޓް އޮންލައިން" މެދުވެރިކޮށް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެ އެވެ.
އޭގެ ތެރޭގައި އެއްގަމާއި ކަނޑު އުޅަނދުތަކުގެ ރަޖިސްޓްރީއާ ގުޅޭ ހުރިޙާ ހިދުމަތެއް ވެސް ހިމެނެ އެވެ.
"ޓްރާންސްޕޯޓް އޮންލައިން" ތައާރަފްކުރުމަށް މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ މިއަދު ފެށިގެންދިޔަ ހިދުމަތަކީ ރައްޔިތުންނަށް ވަރަށް ފަސޭހަވެގެންދާނެ ހިދުމަތެއް ކަމަށެވެ.
"ދުނިޔޭގެ ހުރިހާ ދިމާލެއްގައި މިހާރު ކުރިއަރައިގެން ނުވަތަ ކުރިއަރަމުންދާ ކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑިޖިޓަލް ދުނިޔެއަކާ ދިމާއަށް ދިޔުން. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ އެކި އެކި މުއައްސަސާތަކުން އެކި އެކި އިދާރާތަކުން ކުރާ އެންމެ ބޮޑު މަސައްކަތަކީ އެއީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ނަހުލާ ވިދާޅުވި އެވެ.
ޓްރާސްޕޯޓް މިނިސްޓްރީން މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއް-- ފޮޓޯ: މިނިސްޓްރީ
މިއަދު ތައާރަފް ކުރެވިގެން ދިޔަ ޓްރާންސްޕޯޓް އޮންލައިން ނިޒާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ މި ހިދުމަތަކީ މިނިސްޓްރީއާއި ރައްޔިތުންނާ ދެމެދު މުއާމަލާތް ކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މިއަދުން ފެށިގެން ތިޔަ ބޭފުޅުން ޖެހިވަޑައެއް ނުގަންނަވާނެ ހިދުމަތް ހޯދުމަށް މިނިސްޓްރީއަށް ދުރުވާކަށް. މިނިސްޓްރީއަށް އެއްޗެއް ހުށަހަޅަން ނޫނީ ބަލާ އަންނަން ވީހާވެސް މަދުން އަންނަން ޖެހޭގޮތަށް މިހާރު މިއޮތީ. ކޮންމެހެން ލާޒިމް ކުރާ ޑޮކިއުމަންޓެއް ފިޔަވައި އަޅުގަނޑުމެން ނާންގާނެ ގެންނާކަށް،" އޭނާ ވިދާޅުވި އެވެ.
ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވާހަކަ ދައްކަވަނީ .-- ފޮޓޯ: މިނިސްޓްރީ
މި ހިދުމަތުގެ ސަބަބުން ރައްޔިތުންގެ އިތުރުން މިނިސްޓްރީގެ މުވައްޒަފުންނަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދިޔަ ކަމަށް އަލީ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށްފައި ވާއިރު، މިދިޔަ ފެބްރުއަރީ މަހު ވަނީ އޮންލައިން ލައިސަންސް ތައާރަފް ކޮށްފަ އެވެ.
ރަޖިސްޓްރޭޝަންމައްސަލަ އިސްތިއުނާފުކުރަން މަޝްވަރާ ކުރަނީ
ޑޮމެއިންއާ ގުޅޭ މުއާމަލާތުތައް ހުއްޓާލަން އަންގައިފި
ޔޫކޭއާއެކު މެރިޓައިމް ސެކިއުރިޓީއާ ގުޅޭ އެއްބަސްވުމެއް
އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަނެއް ބަހައްޓައިފި
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވި މައްސަލަ ބަލައިނުގަތް
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވުމުން ސުޕްރީމް ކޯޓަށް
ރަޖިސްޓްރީ ބާތިލްކުރުން:ސަރުކާރަށް ހައިކޯޓުން ނާކާމިޔާބު
އޮޓޯ ރިކްޝޯ ރާއްޖޭގައި ދުއްވަން ހުއްދައެއް ނުދޭނެ
ވެހިކަލްތަކެއްގެ ވެރިފަރާތް މިނިސްޓްރީއަށް ހާޒިރުކުރަނީ
ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފަށައިފި