Roadha Mihaaru
މަގު ކޮނުމުގެ ފީ ބޮޑުކުރި މައްސަލަ އަނެއްކާވެސް ކޯޓަށް

މަގުކޮނުމުގެ ފީ ބޮޑުކުރި މައްސަލާގައި ސްޓެލްކޯއިން އަނެއްކާވެސް ކޯޓަށް

09 ފެބުރުއަރީ 2023

މާލޭގެ މަގު ކޮނުމުގެ ފީ ބޮޑުކޮށް މާލޭ ސިޓީ ކައުންސިލުން ހެދި އުސޫލު ބާތިލްކުރަން ސްޓެލް ކޯއިން އަނެއްކާވެސް ހައި ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ މަގު ކޮނުމުގެ ފީ ބޮޑުކޮށް މާލޭ ސިޓީ ކައުންސިލުން ހެދި އުސޫލު ބާތިލްކުރަން ސްޓެލް ކޯއިން އަނެއްކާވެސް ހައި ކޯޓަށް ހުށަހަޅައިފި އެވެ.

މަގު ކޮނުމުގެ ފީ 154 ޕަސެންޓް ބޮޑުކޮށް ހެދި އުސޫލު ބާތިލްކުރަން ސްޓެލްކޯއިން ކުރިން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން އޮތީ ނިންމައިފަ އެވެ. އެއީ ސިޓީ ކައުންސިލްގެ އުސޫލު ގާނޫނާ ޚިލާފްވާ ގޮތެއް ސްޓެލްކޯއަށް ބުނެ ނުދެވޭތީ އެވެ.

އެހެންވެ، އަލުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ސިޓީ ކައުންސިލާއި ސްޓެލްކޯއާ ދެމެދު މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ސިޓީ ކައުންސިލްގެ ދަށުގައި ހުރި ބައެއް ތަންތަނުގެ ކަރަންޓް ބިލް ނުދައްކާތީ އެތަންތަނުން ދާދިފަހުން ކަރަންޓް ކަނޑާލި އެވެ. އަދި ސިޓީ ކައުންސިލް ބުނާގޮތުން ސްޓެލްކޯގެ އިމާރާތްތަކަށް ދައްކަން ޖެހޭ ކުލި ނުދައްކަ އެވެ.

ސްޓެލްކޯއިން ބުނާގޮތުން ދައްކަންޖެހޭ ކުލިތައް ވަނީ ދައްކައިފަ އެވެ.