Roadha Mihaaru
އުރީދޫގެ "ސައިބަ ރައްކާ" ސެޝަންތައް ފަށަނީ

އުރީދޫގެ "ސައިބަ ރައްކާ" ސެޝަންތައް ފަށަނީ

09 ފެބުރުއަރީ 2023

ސައިބަ ކްރައިމްތަކަށް އާއްމުން އަހުލުވެރިކޮށް، ރައްކާތެރިކޮށް އޮންލައިން މުއާމަލާތްތައް ހިންގުމުގެ މައުލޫމާތު ދޭ "ސައިބާ ރައްކާ" ސެޝަންތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫ އިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސައިބަ ކްރައިމްތަކަށް އާއްމުން އަހުލުވެރިކޮށް، ރައްކާތެރިކޮށް އޮންލައިން މުއާމަލާތްތައް ހިންގުމުގެ މައުލޫމާތު ދޭ "ސައިބާ ރައްކާ" ސެޝަންތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫ އިން ބުނެފި އެވެ.

އެ ސެޝަންތަކަކީ އުރީދޫއިން ވިމެން އިން ޓެކްއާ ގުޅިގެން ބާއްވާ ސެޝަންތަކެވެ. މި އަހަރުގެ "ސައިބަ ރައްކާ"ގެ ފުރަތަމަ ސެޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

"ސައިބަ ރައްކާ" ސެޝަނުގައި، ފަސޭހައިން ރައްކާތެރި ގޮތުގައި އޮންލައިންވާނެ ގޮތްތަކާއި އައިޑެންޓިޓީ ތެފްޓުން ރައްކާތެރިވާނެ ގޮތްތަކާއި ފައިނޭންޝަލް އެކައުންޓުތައް މޮނީޓާކުރުމުގެ މުހިންމުކަން ކިޔައިދޭނެ އެވެ. އަދި ސެކިއޯ ޕާސްވާޑެއް ހެދުމުގައި ވިސްނަންވީ ކަންތައްތަކާއި އޮންލައިން ޕްރައިވެސީ އަދި ސެކިއުރިޓީގެ އާއްމު މައުލޫމާތާއި އެކި ކަހަލަ ސްކޭމްތައް ދެނެގަނެ، އެ ފަދަ ސްކޭމްތަކުން ރައްކާތެރިކަން ހޯދިދާނެ ގޮތްތަކުގެ މައުލޫމާތު ވެސް ހިއްސާކުރާނެ އެވެ.

މި ސެޝަންތަކަކީ ޑިޖިޓަލް ޒަމާނަށް ފެތޭ، އަހުލުވެރި ބައެއް ބިނާ ކުރުމަށް 2021 ވަނަ އަހަރު އުރީދޫއިން ވިމެން އިން ޓެކްއާ އެކު ގާއިމުކުރި ޕާޓްނާޝިޕުގެ ދަށުން އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ސެޝަންތަކެކެވެ.

"ސައިބާ ރައްކާ"ގެ ހޮނިހިރު ދުވަހުގެ ސެޝަން އޮންނާނީ ރޭގަނޑު 8:30 އިން 10:30 އަށް ހ. ސަންލީޓުގެ އެއް ވަނަ ފްލޯގަ އެވެ.