10 ފެބުރުއަރީ 2023
ކޮކާ-ކޯލާގެ ކުންފުނިން އުފައްދާ ބުއިންތަކާ އެކު އެ ކުންފުނިން އުފައްދާ ބޮނަކުއާ ފެންފުޅިއެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ކޮކާ-ކޯލާގެ ކުންފުނިން އުފައްދާ ބުއިންތަކާ އެކު އެ ކުންފުނިން އުފައްދާ ބޮނަކުއާ ފެންފުޅިއެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
"ޕްރޮމޯ ޕެކް"ގެ ނަމުގައި ފެށި އެ ޕްރޮމޯޝަނުގެ ދަށުން ބޮނަކުއާ ފެންފުޅިއެއް ލިބޭނީ ކޮކާކޯލާ، ކޮކާ ކޯލާ ޒީރޯ ޝުގާ، ސްޕްރައިޓް، ފެންޓާ ސްޓްރޯބެރީ އަދި ފެންޓާ އޮރެންޖުގެ 1.25 އަދި 2 ލީޓަރުގެ ފުޅިއަކާ އެކު އެވެ.
ކޮކާ ކޯލާ ކުންފުނިން ބުނި ގޮތުގައި އެ ޕްރޮމޯޝަނަކީ ހޫނު ދުވަސްތަކުގައި ފެންބޯ މިންވަރު އިތުރުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އަދި މި ދުވަސްވަރަކީ ހޫނު ގަދަވެފައިވާ ދުވަސްވަރަކަށް ވާއިރު ފެން ބޯ މިންވަރު އިތުރުކުރަން ޖެހޭ ކަމަށާއި، މި ޕްރޮމޯޝަނުގެ ބޭނުން ހިފައި ގަންނަ ބުއިމާ އެކު ލިބޭ ފެން ފުޅި ބުއިމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
އެ ޕްރޮމޯޝަނުގެ ދަށުން 1.5 ލީޓަރުގެ ފެންފުޅިއެއް ލިބޭނެ އެވެ.
ބޮނަކުއާ ފެނަކީ ކޮކާކޯލާ ކުންފުނިން ރާއްޖޭގައި އުފައްދާ ފެނެކެވެ.
"ޗާޖްޑް ނައިޓް"ގެ ދެ ވަނަ ޝޯ މާދަމާ ރޭ
ސްޕްރައިޓާ ގުޅޭ ހާއްސަ ކެމްޕެއިނެއް ބާއްވައިފި
"ކޯކް އެންޑް މީލްސް" ނަމުގައި ކެމްޕެއިނެއް ފަށައިފި
ކޮކާ ކޯލާއިން ބޭއްވި ޕްރޮމޯޝަން މެދުކަނޑާލައިފި
ކޮކާ ކޯލާގެ 10 ބުއިމެއް ރާއްޖެއަށް ތައާރަފުކޮށްފި
ކޮކާ ކޯލާގެ ހާއްސަ އެޕެއް، އޯޑަރުކޮށްލަން ފަސޭހަ!
ކޮކާކޯލާ ފިއެސްޓާ ޕްރޮމޯޝަންގެ ނަސީބުވެރިން ޔޫކޭއަށް
ކޮކާ ކޯލާ އިން ފެށި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި
ޕްރިމިއަ ލީގު ބަލަން ދެވޭ ޕްރޮމޯޝަނެއް ކޮކަ ކޯލާއިން
"ޝެއާ އަ ކޯކް" ކެމްޕެއިން ރާއްޖޭގައި ފަށައިފި