Roadha Mihaaru
ކޮކާ ކޯލާގެ 10 ބުއިމެއް ރާއްޖެއަށް ތައާރަފުކޮށްފި

ކޮކާ ކޯލާގެ 10 ބުއިމެއް ރާއްޖެއަށް ތައާރަފުކޮށްފި

10 ޑިސެމްބަރ 2019

ކޮކާ ކޯލާ ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭ ދިހަ ބުއިމެއް އެ ކުންފުނިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮކާ ކޯލާ ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭ ދިހަ ބުއިމެއް އެ ކުންފުނިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ސޯލްޓް ކެފޭގައި ބޭއްވި ހަފްލާއެއްގައި މި ބުއިންތައް ހަދާނެ ގޮތްދައްކައިދިނީ އެކި ބުއިންތައް އުފައްދާ މިކްސޮލޮޖިސްޓެއް ކަމަށް ވާ ސަސަންކާ އެވެ. މި ހަފްލާގައި އޭނާ ވަނީ ރާއްޖޭގެ އެކި ކެފޭ ރެސްޓޯރެންޓުގެ މީހުންނަށް މި ބުއިންތައް ހަދާނެ ގޮތް ކިޔައިދީފަ އެވެ.

ކޯކާ ކޯލާ އިން ތައާރަފު ކުރި ބައެއް ބުއިންތައް

- ސްޕައިސީ ޗޮކްލެޓް ކޯލާ.

- ސްޕަރައިޓް ޕަމަގްރެނެޓް.

- މެލަން މިންޓް ކޫލާ.

- ލޯންގް އައިލެންޑް އައިސް ޓީ.

- ޔުނިކޯން ލެމަނޭޑް.

- ކްލެއަވޮއެންސް.

- ކެރިިއަން ސަންސެޓް މޮކްޓޭލް.

- ސޯލްޓެޑް ކެރެމަލް ކޯކް.

ކޮކާ ކޯލާއިން ކުރިއަށްގެންދިޔަ ސެޝަންގައި ބައިވެރިއަކު ބުއިމެއް ތައްޔާރު ކުރަނީ-- ފޮޓޯ: ކޮކާ ކޯލާ

ކޮކާ ކޯލާއިން ކުރިއަށްގެންދިޔަ ސެޝަންގައި ބައިވެރިއަކު ބުއިމެއް ތައްޔާރު ކުރަނީ-- ފޮޓޯ: ކޮކާ ކޯލާ

މި ބުއިންތައް ތައާރަފުކުރަން ބޭއްވި ހަފްލާގެ ބައިވެރިންނަށް ހާއްސަ ކްލާހެއް ވެސް ނަގައިދިނެވެ. މި ސެޝަން ނިންމި ކެފޭ ރެސްޓޯރެންޓުތަކުގެ މީހުންނަށް ސަސަންކާ ވަނީ ސެޓްފިކެޓް ވެސް ހަވާލުކޮށްފަ އެވެ. މި ހަފްލާގައި ރާއްޖޭގެ ގިނަ އަދަދެއްގެ ކެފޭ، ރެސްޓޯރެންޓުތަކުން ބައިވެރިވި އެވެ.

ކޮކާ ކޯލާއިން ބުނީ އެކުންފުނީގެ މި އުފެއްދުންތައް ވަރަށް އަވަހަށް ރާއްޖޭގެ އެކި ރެސްޓޯރެންޓުތަކުން ލިބެން ހުންނާނެ ކަމަށެވެ.