Roadha Mihaaru
ކޮކާ ކޯލާއިން ބޭއްވި ޕްރޮމޯޝަން މެދުކަނޑާލައިފި

ކޮވިޑް-19: ޔޫރޯ ފުޓްބޯޅައާ ގުޅިގެން ކޮކާ ކޯލާއިން ބޭއްވި ޕްރޮމޯޝަން މެދުކަނޑާލައިފި

20 މާޗް 2020

ޔޫރޯ ފުޓްބޯޅަ މުބާރާތާ ގުޅިގެން ކޮކާ ކޯލާއިން ބޭއްވި ހާއްސަ ޕްރޮމޯޝަން މެދުކަނޑާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޔޫރޯ ފުޓްބޯޅަ މުބާރާތާ ގުޅިގެން ކޮކާ ކޯލާއިން ބޭއްވި ހާއްސަ ޕްރޮމޯޝަން މެދުކަނޑާލައިފި އެވެ.

މި ޕްރޮމޯޝަން ކޮކާ ކޯލާ އިން މެދުކަނޑާލީ ޔޫރޯ ފުޓްބޯޅަ މުބާރާތް ފަސް ކުރުމާ ގުޅިގެންނެވެ. ކޮކާ ކޯލާ އިން ބުނީ ކޮވިޑް-19 އާ ގުޅިގެން ކުރިއަށް އޮތް 12 މަސް ދުވަހަށް ޔޫއެފާ ޔޫރޯ މުބާރާތް ފަސްކޮށްފައިވުމާ އެކު މިދުވަސްވަރު ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާ އަކު ހޮވާ ހާއްސަ ނަސީބުވެރިޔާ ހޮވުން މެދުކަނޑާލައިފި ކަމަށެވެ.

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މިދިޔަ ހަފްތާތަކުގައި ހޮވާފައިވާ ނަސީބުވެރިންނަށް ކަނޑައަޅާފައިވާ އިނާމު ލިބޭނެ ކަމަށް އެކުންފުނިން ބުނެ އެވެ. ކޮންމެ ހަފްތާއަކު ހޮވާ ނަސީބުވެރިންގެ ވެރިންގެ ތެރެއިން ގްރޭންޑް ޕްރައިޒް ވިނާ އަށް ޔޫރޯ މެޗެއް ބަލައިލުމުގެ ފުރުސަތު ލިބެ އެވެ.

ކޮންމެ ހަފްތާއަކު ހޮވާ ގުރުއަތުލުން ވެސް ކޮކާ ކޯލާ އިން ވަނީ ވަގުތުން މެދުކަނޑާލައިފަ އެވެ. ކޮކާ ކޯލާއިން މިގޮތަށް ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަންތަކުގައި އާންްމުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި ތަރުހީބު އެ ކުންފުނިން ފާހަގަކުރެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ އެކި ގައުމުތަކާއި ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި އާންމުން ރައްކާތެރިވެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދުތަކަށް ތަބާ ވުމަށް ކޮކާ ކޯލާ އިން އެދެ އެވެ.

މިހާތަނަށް މިބަލި ދުނިޔޭގެ ދެ ލައްކައަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ އިރު ރާއްޖެއިން ވެސް މި ބައްޔަށް 13 މީހުން ޕޮޒިޓިވްވެފައިވެ އެވެ.