Roadha Mihaaru
"ޗާޖްޑް ނައިޓް"ގެ ދެ ވަނަ ޝޯ މާދަމާ ރޭ

"ޗާޖްޑް ނައިޓްސް"ގެ ދެ ވަނަ ޝޯ މާދަމާ ރޭ

17 އޯގަސްޓް 2023

ކޮކާކޯލާ ކުންފުނީގެ އާ ބުއިން "ޗާޖްޑް" ޕްރޮމޯޓުކުރުމަށް ބާއްވަމުން އަންނަ "ޗާޖްޑް ނައިޓްސް" މިއުޒިކް ޝޯގެ ދެ ވަނަ ޝޯ މާދަމާ ރޭ އޮންނާނެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކޮކާކޯލާ ކުންފުނީގެ އާ ބުއިން "ޗާޖްޑް" ޕްރޮމޯޓުކުރުމަށް ބާއްވަމުން އަންނަ "ޗާޖްޑް ނައިޓްސް" މިއުޒިކް ޝޯގެ ދެ ވަނަ ޝޯ މާދަމާ ރޭ އޮންނާނެ އެވެ.

މި ޝޯ ކުރިއަށް ދާނީ ސޯޝަލް ސެންޓަރުގައި މާދަމާ ރޭ 8 އިން 10 އަށެވެ. މި ޝޯގައި ޕާފޯމްކުރަން ހަމަޖެހިފައި ވަނީ ފާލިހު ބޭންޑް، ޓްރެފިކް ޖޭމް އަދި ހަބޭސް ބޮޑުބެރެވެ. މި ޝޯއަށް ވަދެވޭނީ "ޗާޖްޑް" ސްކްރެޗް ކާޑު ދައްކައިގެންނެވެ.

"ޗާޖްޑް" ސްކްރެޗް ކާޑެއް "ޗާޖްޑް" ދަޅެއް ގަތުމުން ލިބޭނެ އެވެ. "ޗާޖްޑް" ދަޅު ވިއްކާ ހުރިހާ ފިހާރައަކުން ވެސް މި ސްކްރެޗް ކާޑު ލިބޭނެ އެވެ.

"ޗާޖްޑް ނައިޓްސް"ގެ ޕޯސްޓަރެއް.

"ޗާޖްޑް ނައިޓްސް"ގެ ޕޯސްޓަރެއް.

"ޗާޖްޑް ނައިޓްސް" އަށް ވަނުމުގެ އިތުރުން މި ސްކްރެޗް ކާޑު މެދުވެރިކޮށް ބެނެލީ 180 އެސް އަދި ބެނެލީ ލިއޮންސިނޯ 250 މަރުކާގެ ސައިކަލެއް ލިބުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. މި ދެ މަރުކާގެ ހަ ސައިކަލު ލިބޭ ލަކީޑްރޯގައި ބައިވެރިވެވޭނީ ކާޑު ކަހާލުމަށް ފަހު އޭގައިވާ ކޯޑު 2626 އަށް އެސްއެމްއެސް ކޮށްގެންނެވެ.

"ޗާޖްޑް" އަކީ ކެފެއިން ހިމެނޭ ބުއިމެކެވެ. މި ބުއިން ޕްރޮމޯޓް ކުރުމަށް ބާއްވަމުން އަންނަ "ޗާޖްޑް ނައިޓްސް"ގެ ފުރަތަމަ ޝޯ ބާއްވާފައި ވަނީ މި ދިޔަ ހުކުރު ދުވަހު އެވެ.

ރިސައިކަލް ކުރެވޭ އެލުމިނިއަމް އިން ތައްޔާރުކޮށްފައިވާ "ޗާޖްޑް" ދަޅުގެ 250އެމްއެލްގެ ދަޅު މިހާރު އަންނަނީ ވިއްކަމުންނެވެ.