ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ "ގްރީން ޕާޓީ އޮފް މޯލްޑިވްސް" (ޖީޕީއެމް) އުފައްދަން އިލެކްޝަން ކޮމިޝަނުން މިއަދު ހުއްދަ ދީފި އެވެ.
13 ފެބުރުއަރީ 2023
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ "ގްރީން ޕާޓީ އޮފް މޯލްޑިވްސް" (ޖީޕީއެމް) އުފައްދަން އިލެކްޝަން ކޮމިޝަނުން މިއަދު ހުއްދަ ދީފި އެވެ.
އެ ކޮމިޝަންގެ ޓުވީޓެއްގައި ބުނީ "ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖާބިރަށް ހުއްދަ ދިނުމަށް، މިއަދު ހެނދުނު ރަސްމިއްޔާތެއް ބޭއްވި ކަމަށެވެ. އެ ޕާޓީގެ ރަޖިސްޓްރީ ޖާބިރަށް ހަވާލުކޮށްދެއްވީ އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބެވެ.
އަމިއްލަ ޕާޓީއެއް އުފެއްދުމަށް ޖާބިރު މިއަދު ވަނީ އޭނާ ކުރިން ހިންގަވަމުން އައި ޑީއާރުޕީގެ މެމްބަރުންކަމުންނާއި ލީޑަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
ޖާބިރު މިއަދު "މިހާރު" އަށް ވިދާޅުވިގޮތުގައި، އޭނާ ހުންނެވީ ޑީއާރުޕީއާއެކު ކުރިއަށް ވަޑައިގަންނަވަން ކަމަށް ވިޔަސް އެ ޕާޓީ "އެކްޓީވް" ނުވުމުން ދަތިތަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވި އެވެ. އަދި ދެ ފަހަރެއްގެ މަތިން ޕާޓީއަށް މީހުން ހަމަކުރައްވަން އުޅުއްވުމުން އެކަން ވެސް ކާމިޔާބު ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތާއެކު، ޖާބިރު ޑީއާރުޕީން އިސްތިއުފާދެއްވައިފި https://t.co/PE7ixJ8QXQ
— Mihaaru (@Mihaarunews) February 13, 2023
ޖާބިރު ވިދާޅުވީ ގްރީން ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. އެކަމަކު މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދޭނީ އާ ޕާޓީއަށް މެމްބަރުން ރަޖިސްޓަރީކުރުމަށް ކަމަށާއި ޑީއާރުޕީގައި ތިބި ބައެއް މެމްބަރުން ވެސް ގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖާބިރު ޑީއާރުޕީ ދޫކޮށްލެއްވިއިރު، ގާނޫނުގައި ބުނާ އަދަދަށް އެ ޕާޓީގައި މެމްބަރުން ހަމަނުވާތީ އީސީން ވަނީ ޕާޓީ އުވާލަން ވެސް ނިންމައިފަ އެވެ. ޑީއާރުޕީގައި 3،000 މެމްބަރުން ހަމަނުވާތީ ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގަން އީސީން އެ ޕާޓީއަށް އޮތީ އަންގައިފަ އެވެ. އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން އަނެއްކާ ވެސް މިދިޔަ ހަފުތާގައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.
ޖާބިރު ޑީއާރުޕީން އިސްތިއުފާދެއްވައިފި
ޑީއާރުޕީން 125000ރ. ހަމަހުން ދައްކަން މުހުލަތެއް
ދަރަނީގެ މައްސަލާގައި ޑީއާރުޕީން ދައުވާކުރަނީ
ޑީއާރުޕީ އަލުން ވުޖޫދު މިކުރަނީ 2023 އަށް: ޖާބިރު
ޑީއާރުޕީގެ ލީޑަރަކަށް ޖާބިރު ހަމަޖައްސައިފި
މަޖިލިހުގެ ރައީސްކަމުގެ ވާދަވެރިކަން ބޮޑުވެއްޖެ
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވާ ވޯޓު ހޯމަ ދުވަހު
ޝާހިދު ހަނދާން ކޮށްދިނީ ވަހީދު އަމަލުކުރި ގޮތް!
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީކާއީލް ވާދަކުރައްވަނީ
ދަތި ހާލަތުން އަރައިގަންނަން އެމްޑީޕީ އެކުވާންޖެހޭ