Roadha Mihaaru
ދަރަނީގެ މައްސަލާގައި ޑީއާރުޕީން ދައުވާކުރަނީ

ދަރަނީގެ މައްސަލައިގައި ކުރީގެ ލީޑަޝިޕަށް ދައުވާކުރާނަން: ޑީއާރްޕީ

13 އޮކްޓޯބަރ 2020

ކުރީގެ ރައީސް މައުމޫނު ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ކުރިން އަަދާނުކޮށް ހުރި ދަރަނިތަކުގެ ބިލްތައް މިހާރު ވެސް އަންނާތީ އޭރުގެ ވެރިންނަށް ދައުވާކުރަން ނިންމާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް މައުމޫނު ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ކުރިން އަަދާނުކޮށް ހުރި ދަރަނިތަކުގެ ބިލްތައް މިހާރު ވެސް އަންނާތީ އޭރުގެ ވެރިންނަށް ދައުވާކުރަން ނިންމާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ޑީއާރުޕީން 2007 ވަނަ އަހަރު ކޮށްފައިވާ ދަތުރުތަކެއްގެ އަގަށް ދައްކަން ޖެހޭ 24،000 އަށް ވުރެ ގިނަ ޑޮލަރު ހޯދަން ސަންލޭންޑް ޓްރެވެލްސްް އިން ފޮނުވާފައިވާ ކަމަށް ބެލެވޭ ބިލަކާ އެކު ކުރި ޓްވީޓެއްގައި ބުނީ ޕާޓީގެ އޭރުގެ ޒައީމް، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ޕާޓީ ދޫކޮށް ދިޔައީ މެމްބަރުންގެ ބޮލުގައި ދަރަނި އަޅުވާފައި ކަމަށެވެ. އެ ދަރަންޏަށް އެ ބޭފުޅުން ޒިންމާކުރުުވަން ދައުވާކުރާނެ ކަމަށާއި އެކަމުގައި ގޮތެއް ނިންމަންދެން ބިލްތައް ދެއްކުން ހުއްޓާލައިފާ ކަމަށް ވެސް ޓްވީޓްގައި އެޕާޓީން ބުންޏެވެ.

"އަދި މިފަދަ ބޭފުޅުން އެމްއާރްއެމްގެ ނަމުގައި ޕާޓީއެއް ހަދައި މި ސަރުކާރުގެ ކޯލިޝަނުގައި ބައިވެރިިކޮށްގެން އުޅޭ އުޅުން ޑީއާރްޕީން ކުށްވެރިކުރަން،" ޑީއާރްޕީން ކުރި ޓްވީޓްގައި ބުންޏެވެ.

ޑީއާރުޕީން ކުރިދަތުރުތަކަަށް ދައްކަން ޖެހޭ ފައިސާގެ ބިލެއްގެ ގޮތުގައި ޓްވީޓްގައި ހިމަނާފައިވާ ލިޔުން އެޑްރެސްކޮށްފައި އޮތީ އެޕާޓީގެ މިހާރުގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށެވެ.

ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. ކުރީގެ ލީޑަޝިޕަށް ދައުވާކުރާނެ ކަމަށް ޑީއާރްޕީން ބުނި-- ފޮޓޯ: އަހުމަދު އަވްޝަމް އިލިޔާސް/ މިހާރު

ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. ކުރީގެ ލީޑަޝިޕަށް ދައުވާކުރާނެ ކަމަށް ޑީއާރްޕީން ބުނި-- ފޮޓޯ: އަހުމަދު އަވްޝަމް އިލިޔާސް/ މިހާރު

ޑީއާރުޕީއަކީ ރާއްޖެއަށް ފުރަތަމަ މަލްޓިޕާޓީ ނިޒާމު ތައާރަފްކުރި އިރު އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ޕާޓީ އެވެ. އެޕާޓީ އުފެއްދެވީ އޭރުގެ ރައީސް މައުމޫނު އިސްކޮށް ހުންނަވައިގެންނެވެ. އެޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި 2007 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި، މައުމޫނަށް ނާކާމިޔާބުވެވަޑައިގެންނެވުމުން ޕާޓީގެ ލީޑަޝިޕުން ވަކިވެވަޑައިގެންނެވި އެވެ. އޭގެ ފަހުން އެ މަނިކުފާނުގެ ރަނިންމޭޓް އަދި ކުރީގެ ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީ އެ ޕާޓީ ހިންގަވަން އުޅުއްވި އެވެ. އެކަމަކު މައުމޫނު އެނބުރި ސިޔާސީ މައިދާނަށް ވަޑައިގެން ޕާޓީ ދެބައިކުރައްވައި، ޕީޕީއެމް އުފެއްދެވި އެވެ.