މިފްކޯއިން 100،000ރ. ގެ ފައިސާގެ އިނާމެއް ހުށަހަޅައި މި އަހަރުގެ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.
19 ފެބުރުއަރީ 2023
މިފްކޯއިން 100،000ރ. ގެ ފައިސާގެ އިނާމެއް ހުށަހަޅައި މި އަހަރުގެ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.
"މިފްކޯ ފަސްމީރު ރޯދަ ޕްރޮމޯ"ގެ ނަމުގަ ފެށި އެ ޕްރޮމޯޝަނުގައި 100،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފައި ވަނީ އެއް ވަނަ އަށެވެ. ދެ ވަނަ އަށް 45،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 25،000ރ. ގެ ފައިސާގެ އިނާމެވެ.
Shop at MIFCO #MasFihaara outlets and win amazing prizes! Purchases above Rf200 gets a chance to enter our #FasmeeruRoadhaPromo lucky draw
— MIFCO (@mifcomv) February 16, 2023
މިފްކޯ ފަސްމީރު ރޯދަ ޕްރޯމޯ ގައި ބައިވެރިވެލައްވާ. މިފްކޯ މަސްފިހާރަތަކުން 200 ރުފިޔާއިން މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް! pic.twitter.com/h5JpxU8AT1
ޕްރޮމޯޝަނާއި ގުޅޭ ޓުވީޓެއް.
މި ޕްރޮމޯޝަނުގަ ބައިވެރިވެވޭނީ މިފްކޯގެ ފިހާރަތަކުން 200ރ. އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ. 200ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެ އެވެ.
ރޯދަ މަހަށް ހާއްސަކޮށް މިފްކޯއިން ފެށި ޕްރޮމޯޝަންގެ އިތުރުން މަސްދަޅު ޕެކުތަކެއް ވެސް އެ ކުންފުނިން ވަނީ ތައާރަފްކޮށްފަ އެވެ. އޭގެތެރޭގަ ހިމެނެނީ 6 މަސްދަޅު، 12 މަސްދަޅު، 24 މަސްދަޅު އަދި 48 މަސްދަޅުުގެ ޕެކުތަކެކެވެ.
މިފްކޯއިން ބުނި ގޮތުގައި ރޯދަ މަހަށް ހާއްސަކޮށް މަސްދަޅު ކޭހަށް ޑެލިވަރީ ހިދުމަތްދިނުމަށް އެ ކުންފުނިން މިހާރު ވަނީ ތައްޔާރުވެފަ އެވެ.
މިފްކޯ އިން އަލަށް ތައާރަފްކުރި "ޑްރެއިންޑް ޓޫނާ ޗަންކްސް" މަސްދަޅުތަކެއް އެސްޓީއޯގައި ވިއްކަން ބަހައްޓާފައި. ---ފޮޓޯ: ނިޝާން އަލީ | މިހާރު
މިފްކޯގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އަހުމަދު ޒާމް ވިދާޅުވި ގޮތުގައި މި އަހަރުގެ ރޯދަ މަހު ވެސް އެ ކުންފުނީގެ ފިހާރަތަކުން މަހާއި މަސްދަޅު އެއް އަގެއްގައި ހުސްވުމެއް ނެތި ލިބެން ހުންނާނެ އެވެ.
މި ޕްރޮމޯޝަންގައި މިފްކޯގެ ކޮންމެ ފިހާރައަކުން ވިޔަފާރިކޮށްގެން ވެސް ބައިވެރިވެވޭނެ އެވެ.
މިފްކޯގެ އުފެއްދުންތައް ލިބެން ހުންނާނީ މާލެ އާއި ހުޅުމާލެ ފޭސް 1 އަދި 2ގެ މިފްކޯ ފިހާރަތަކުގެ އިތުރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގަ އެވެ.
އެއް ލައްކަ ރުފިޔާ ލިބޭ ފަސްމީރު މާ މީރު ޕްރޮމޯޝަން
މިފްކޯގެ "ޖަޒީރާ 106" ބޯޓު ރާއްޖެއަށް
މިފްކޯގެ ޒަމާންވީ ލޯގޯ ބަދަލުކޮށްފި
މިފްކޯގެ ޕްރޮމޯޝަން ނިންމާލައިފި، އަގުތައް ބަދަލުވާނެ
މިފްކޯގެ ރޯދަ ޕްރޮމޯޝަނުން ދެ ލައްކަ ރުފިޔާގެ އިނާމު!
މިފްކޯގެ ރޯދަ ޕްރޮމޯޝަނުން އުމްރާ ދަތުރެއް
އަންގާރައިން ފެށިގެން މަސްކޭސް ދޭނީ މިފްކޯ ފިހާރަތަކުން
މިފްކޯގެ ސީއީއޯއަކަށް ފަރުހަތު އައްޔަންކޮށްފި
މިފްކޯގެ ސީއީއޯގެ މަގާމުން ވިޓާލީ ވަކިކޮށްފި
ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި