ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ފްލީޓަށް އިތުރުކުރާ ތިން ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު، "ޖަޒީރާ 106" ރާއްޖެ އަށް ބަނދަރުކޮށްފި އެވެ.
22 ނޮވެމްބަރ 2023
ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ފްލީޓަށް އިތުރުކުރާ ތިން ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު، "ޖަޒީރާ 106" ރާއްޖެ އަށް ބަނދަރުކޮށްފި އެވެ.
އެ ބޯޓު ރާއްޖެ ގެނައީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކަމަށް މިފްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ، ބޯޓުގެ ކުރޫ އިން ބަދަލު ކުރުމާއި ކަސްޓަމްސް ކްލިއަރެންސް ހޯދައި ލޯކަލައިޒް ކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.
އެ ބޯޓު ރާއްޖެ އައުމަށް ތައިލެންޑުން ދަތުރު ފެށީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
މިފްކޯ އިން ގެންނަ ޖަޒީރާ ސީރީޒްގެ މަސްކިރާ ބޯޓުތަކަކީ ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވޭ ކެޕޭސިޓީ ހުންނަ އަދި 200 ޓަނުގެ މަސް ރައްކާކުރުމުގެ ގާބިލުކަން ހުރި ބޯޓުތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ބޯޓުތައް ރާއްޖެ ގެނެސް އޮޕަރޭޝަނާ ގުޅުމުން މިފްކޯ އަށް ދުވާލަކު 180 ޓަނު މަސް އިތުރަށް ގަނެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަނގަޅަށް މަސްބާނާ ސަރަހައްދުތަކަށް ދަތުރުކޮށް މަސްވެރިން ބާނާ މަސް ކިރުމަށް ދިމާވާ ދަތިތަކަށް ހައްލުކުރުމުގެ ގޮތުން މިފްކޯ އިން މި އަހަރު ހަތަރު ބޯޓެއް ގެނެސްފައި ވެ އެވެ. އޭގެ ތެރެއިން މި އަހަރުގެ މާޗު މަހުގައި ރާއްޖެ ގެނައި ޖަޒީރާ 103 މިހާރު ރާއްޖޭގެ ދެކުނުގައި މަސްކިރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯ އިން ބުނިގޮތުގައި، މި އަހަރު ނިމުމުގެ ކުރިން ރާއްޖެ އައުމަށް ތައްޔާރުވެފައިވާ ޖަޒީރާ ސީރީޒްގެ ތިން ބޯޓު މިފްކޯގެ އޮޕަރޭޝަނާ ގުޅުމުން ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރޭގައި މަސްވެރިކަން ރަގަޅު ދުވަސްވަރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބޭނެ އެވެ.
މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލާނަން: ރައީސް
މިފްކޯއިން ޝަރީފް ވަކިކޮށް، އެމްފޯމްޕީސީއަށް
"މިފްކޯއަށް ސިޔާސީ ނުފޫޒު ފޯރުވަން ޖާގައެއް ނުދޭނަން"
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ފެލިވަރުގައި ފަށަނީ
ކޮންމެ މަސްދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދެނީ
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ބަންދުކޮށްފި
މަސްވެރިކަން ރަނގަޅުވާން ފަށައިފި
މަސްވެރިންނަށް 66 މިލިއަން ރުފިޔާ ޖަމާކޮށްދީފި
މިފްކޯގެ ވެރިންގެ މުސާރަ ކުޑަކޮށް،ހާއްސަ ފިޔަވަޅުތަކެއް