Roadha Mihaaru

ދިރާގު "ސަޅި ޕްރިޕެއިޑުން" ކޮންމެ ދުވަހަކަށް 6ޖީބީ ޑޭޓާ

ދިރާގުގެ ސަޅި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ކޮންމެ ދުވަހަކު ވެސް ޑެއިލީ ޑޭޓާ ލިބޭ ޕްލޭނެއް ތައާރަފްކޮށްފި އެވެ.

ދިރާގު ސަޅި ޕްރިޕެއިޑުން ކޮންމެ ދުވަހަކަށް 6ޖީބީ ޑޭޓާ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

21 ފެބުރުއަރީ 2023

ދިރާގުގެ ސަޅި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ކޮންމެ ދުވަހަކު ވެސް ޑެއިލީ ޑޭޓާ ލިބޭ ޕްލޭނެއް ތައާރަފްކޮށްފި އެވެ.

އެ ޕްލޭނަކީ 30 ދުވަހުގެ މުއްދަތައް ދުވާލަކު 6ޖީބީ ޑޭޓާ ލިބޭ ޕްލޭނެކެވެ. އެ ޕްލޭނުން ކޮންމެ މަހަކަށް 180 ޖީބީ ޑޭޓާ ލިބޭނެ އެވެ.

މި ޕްލޭން އެކްޓިވޭޓް ކުރެވޭނީ 745ރ. އަށެވެ.

ދިރާގުގެ ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްވާ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ ހިޔާރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅޭނެ އެވެ.

މި ޕްލޭނުގެ ދަށުން ޑެއިލީ ޑޭޓާ ޕެކް ނަގަން ބޭނުންވާ ކަސްޓަމަރުންނަށް "S4GB30" ޖެހުމަށް ފަހު 343 އަށް އެސްއެމްއެސް ކޮށްގެން އަދި ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެކްޓިވޭޓު ކުރެވޭނެ އެވެ.