Roadha Mihaaru
އެމްޑީޕީ ޕްރައިމަރީގެ މައްސަލާގެ ޝަރީއަތް ފަށަނީ

އެމްޑީޕީ ޕްރައިމަރީގެ މައްސަލަ ކޯޓުން ބަލައިގަނެ، ޝަރީއަތް ފަށަނީ

21 ފެބުރުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކުރަން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގަނެ، އެ މައްސަލައިގެ އަޑުއެހުންތައް އަންނަ ހަފުތާގައި ފަށަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކުރަން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގަނެ، އެ މައްސަލައިގެ އަޑުއެހުންތައް އަންނަ ހަފުތާގައި ފަށަން ނިންމައިފި އެވެ.

މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކޮށް، އަލުން ޕްރައިމަރީ ބޭއްވުމުގެ އަމުރަކަށް އެދި ތިން މީހަކު މައްސަލަ ހުށަހެޅިޔަސް، ސިވިލް ކޯޓުން މިހާތަނަށް ބަލައިގަތީ އެއް މައްސަލަ އެވެ.

އެ މައްސަލަ ބަލައިގަތުމަށްފަހު އަންނަ ހަފުތާގެ އަންގާރަ ދުވަހު ޝަރީއަތް ފަށަން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ އެމްޑީޕީގެ 39،000 މެމްބަރުން ޕާޓީގެ ގަވާއިދާ ޚިލާފަށް ޕާޓީން ވަކިކުރުމަށްފަހު ޕްރައިމަރީ ބާއްވާފައިވާތީ ކަމަށް ބުނެ އެވެ.

މިދިޔަ މަހު ބޭއްވި ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި، 62 ޕަސެންޓް ވޯޓުން ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނަށް ރިޔާސީ ޓިކެޓް ރަސްމީކޮށް މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

ނަޝީދުގެ ފެކްޝަނުން ވަނީ ބަލި ގަބޫލުކުރަން ދެކޮޅު ހަދައި، ޕްރައިމަރީ އޮޅުވާލި ކަމަށް ތުހުމަތުކޮށްފަ އެވެ. އެހެން ނަމަވެސް އެމްޑީޕީގެ އިންތިޚާބާބެހޭ ބެހޭ ކޮމެޓީން ނިންމާފައިވަނީ ނަތީޖާއަށް ބަދަލު އަންނަ ފަދަ މައްސަލަތަކެއް ނެތް ކަމަށެވެ.