23 ފެބުރުއަރީ 2023
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވީ އެ ޕާޓީގެ ލީޑަޝިޕްގައި އަންހެނުންގެ ބާރުވެރިކަން އޮންނަން ޖެހޭތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވީ އެ ޕާޓީގެ ލީޑަޝިޕްގައި އަންހެނުންގެ ބާރުވެރިކަން އޮންނަން ޖެހޭތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެ އެވެ.
މި ހަފުތާ ބަންދުގައި އޮންނަ ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތިލެއްވި ނަހުލާ އާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ)ގެ ކެމްޕެއިން އިފުތިތާހު ކުރުމަށް މާލޭގައި ބޭއްވި ޖަލްސާގައި ނަހުލާ ވިދާޅުވީ، ޕާޓީގެ ކޮންމެ ކަމެއްގައި ވެސް ގޮތް ނިންމާއިރު، އެކަމުގައި އަންހެނުން ބަސް ބުނުން އޮންނަން ޖެހޭނެ ކަމަށެވެ. ޖޭޕީގެ ކުރިމަގަށް އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވި ގޮތުގައި، ސިޔާސީ ދާއިރާ އަށް ނުކުންނަވަން އޭނާ އެއްވެސް އިރަކު ބޭނުމެއް ނުވި އެވެ. އެކަމަކު ކުރީގެ ސަރުކާރުގައި، ފިރިކަލުން ގާސިމް އިބްރާހިމް ޖަލަށް ލުމުން، އޭނާގެ ހައްގުގައި ސިޔާސީ ދާއިރާއަށް ނުކުންނަން މަޖުބޫރުވީ ކަމަށް ވިދާޅުވި އެވެ.
ޖޭޕީގެ ނައިބް ލީޑަރު ކަމަށް ވާދަކުރައްވާ ނަހުލާ އާއި ހަނަފީގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާ. -- ފޮޓޯ: ޖޭޕީ
"ސިޔާސީ ދާއިރާ އަކީ އަޅުގަނޑު އެއް އިރެއްގައި ވެސް ނުކުންނަން ވިސްނި ދާއިރާއެއް ނޫން. އެހެން ނަމަވެސް އަންހެނަކަށް އުފުލަން ޖެހުނު ތަކުލީފާ ހެދި އަޅުގަނޑުގެ ވިސްނުން މުޅިން ބަދަލުވީ. އަޅުގަނޑުގެ ލޮބުވެތި ފިރިކަލުން، ހައްގެއް ނެތި އަދި އަޅުގަނޑުގެ ކުދިންގެ ބޮޑުބޭބެ އަަށް ހައްގެއް ނެތި، ދިމާވި ކުރިމަތިވި އަނިޔާތަކަށް އަޅުގަނޑަށް ކެތްނުވީ،" ނަހުލާ ވިދާޅުވި އެވެ.
"އަޅުގަނޑު އެކަންޏެއް ނޫން އިނގޭތޯ، އަޅުގަނޑު ކަހަލަ އެތައް އަންހެނުންނެއް، އެތައް މައިންނެއް، އެތައް ދަރިންނެއް އެއްފަހަރާ ނުކުމެގެން އަޅުގަނޑުމެން އެކުގައި ކުރި މަސައްކަތް މިއީ."
ނަހުލާ ވިދާޅުވީ ޖޭޕީގެ ނައިބަކަށް ހޮވައިފި ނަމަ، ޕާޓީގެ ލީޑަޝިޕްގައި ފިރިހެނުންނާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރާނެ އަންހެނެއް ކަން އޭނާ ދައްކައިދެއްވާނެ ކަމަށެވެ. އަދި އެ ޕާޓީގައި ތިބި "ހުރިހާ އަންހެން ކަނބަލުންނަށް އެހީތެރިވާނެ މަންމައެއްގެ ގޮތުގައި ހުންނާނެ ކަމުގެ ޔަގީންކަން އަރުވާ،" ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޭޕީގެ ނައިބު ލީޑަރު ކަމަށް 12 މީހުން ކުރިމަތިލައި ވާދަވެރިކަން ބޮޑުވެއްޖެ https://t.co/1WdWO5D4yd
— Mihaaru (@Mihaarunews) February 19, 2023
ނަހުލާ އާއި ހަނަފީގެ އިތުރުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް އިތުރު 10 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
މާދަމާ އާއި ހޮނިހިރު ދުވަހު ބާއްވާ ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަރާއި ނައިބު ލީޑަރުންނާއި އެހެނިހެން މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނެ އެވެ.
ޕާޓީގެ ލީޑަރު ކަމަށް މި ފަހަރު ވެސް ކުރިމަތިލެއްވީ ގާސިމް އެކަންޏެވެ.
ޖޭޕީގެ ލީޑަރު ކަމަށް ގާސިމް ކުރިމަތިލައްވައިފި
"ސިޔާސީ ދާއިރާއަށް ނުކުތީ ސިޔާދަށް އަނިޔާ ދޭތީ"
ގާސިމްގެ އަނބިކަނބަލުން އައިޝާ ޖޭޕީގެ ކައުންސިލަށް
ނަހުލާއާއެކު ޖޭޕީ އަށް އާ 5 ޑެޕިއުޓީ ލީޑަރުން
ޖޭޕީ މިހާރަށް ވުރެ ވަރުގަދަ ކުރާނަން: ނަހުލާ
ޖޭޕީއަށް ގޮންޖެހުމެއް ނެތް، މިސްރާބު އިންތިހާބަށް!
ޖޭޕީން ރަނިންމޭޓަކު ކަނޑައެޅުން އަންނަ އަންގާރަ ދުވަހު
ލަހެއް ނުވެ ޖޭޕީން ރަނިން މޭޓަކު ކަނޑައަޅާނެ
އިބޫއާ އެކު ޖޭޕީން ރަނިންމޭޓަކަށް ނަގާނީ ކާކު؟
ޖޭޕީގެ ކޮންގްރެސްގައި ދޮހޮއްކޮގެ ލަވައިން ދިން މެސެޖް!