Roadha Mihaaru
ގާސިމްގެ އަނބިކަނބަލުން އައިޝާ ޖޭޕީގެ ކައުންސިލަށް

ގާސިމްގެ އަނބިކަނބަލުން އައިޝާ ޖޭޕީގެ ކައުންސިލަށް ވާދަކުރައްވަނީ

22 ޖޫން 2018

ޖުމްހޫރީ ޕާޓީ (ޖޭޕީ) ން މިއަދު ފަށާ ކޮންގްރެސްގައި އިންތިޚާބުކުރާ އެ ޕާޓީގެ ކައުންސިލަށް، ލީޑަރު ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ (އައިޝާ) ކުރިމަތިލައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ ޕެރެޑައިސް އައިލެންޑް ރިސޯޓުން އަހުމަދު ސާއިލް އަލީ

ޖުމްހޫރީ ޕާޓީ (ޖޭޕީ) ން މިއަދު ފަށާ ކޮންގްރެސްގައި އިންތިޚާބުކުރާ އެ ޕާޓީގެ ކައުންސިލަށް، ލީޑަރު ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ (އައިޝާ) ކުރިމަތިލައްވައިފި އެވެ.

ގާސިމްގެ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބާއްވާ ޖޭޕީގެ ތިން ވަނަ ކޮންގްރެސްގައި އެ ޕާޓީގެ ކައުންސިލަށް 15 މެމްބަރުން އިންތިޚާބު ކުރުމަށް ވަނީ ނިންމައިފަ އެވެ. އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ މީގެ ކުރިން ސިޔާސީ މަގާމެއް ފުރުއްވާފައި ނުވާ އައިޝާ އަށެވެ.

ގާސިމްގެ ތިން އަނބިކަނބަލަކު ތިއްބަވާއިރު، އައިޝާ ފިޔަވައި އެހެން ބޭކަނބަލަކު މިފަދަ ސިޔާސީ މަގާމަކަށް މިހާތަނަށް ކުރިމަތިލައްވައިފައެެއް ނުވެ އެވެ. އައިޝާ އެންމެ ފަހުން އާންމުންނަށް ފެނިފައި ވަނީ 2013 ގެ ރިޔާސީ އިންތިޚާބަށް ގާސިމް ކުރިމަތިލެއްވިއިރު، އޭނާގެ ކެމްޕެއިންގެ ތެރެއިންނެވެ. އޭރު، ގާސިމަށް ކެމްޕެއިން ކޮށްދެއްވުމަށް އައިޝާ ބައެއް ރަށްރަށަށް ވެސް ވަޑައިގަތެވެ.

މިހާރު ކުރިއަށް ގެންދާ ޖޭޕީގެ ކޮންގްރެސްގެ ތެރެއިން، އެ ޕާޓީގެ ލީޑަރު ގާސިމްގެ ހަގު އަނބިކަނބަލުން އައިޝާ (ވ) އަދި ޖޭޕީގެ ޔޫތު ލީގުގެ މިހާރުގެ ނައިބު ރައީސް ސުވެއިބާ އެކު ފޮޓޯއެއް ނަންގަވަނީ.

މިހާރު ކުރިއަށް ގެންދާ ޖޭޕީގެ ކޮންގްރެސްގެ ތެރެއިން، އެ ޕާޓީގެ ލީޑަރު ގާސިމްގެ ހަގު އަނބިކަނބަލުން އައިޝާ (ވ) އަދި ޖޭޕީގެ ޔޫތު ލީގުގެ މިހާރުގެ ނައިބު ރައީސް ސުވެއިބާ އެކު ފޮޓޯއެއް ނަންގަވަނީ.

މިއަދު ހަވީރުން ފެށިގެން މިރޭގެ ފަތިހާ ހަމައަށް ކުރިއަށް ގެންދާ ޖޭޕީގެ ކޮންގްރެސްގައި 30 މަގާމަކަށް މީހުން އިންތިޚާބު ކުރާނެ އެވެ. ސިއްރު ވޯޓަކުން އިންތިޚާބު ކުރާ މުހިންމު މަގާމުތަކުގެ ތެރޭގައި ޕާޓީގެ ރައީސާއި ނައިބު ރައީސާއި ހަތަރު ނައިބު ލީޑަރުންގެ އިތުރުން ޒުވާނުންގެ ލީގާއި އަންހެނުންގެ ލީގުގެ ރައީސާއި ނައިބު ރައީސާއި ސެކްރެޓަރީ އާއި ދެ މެމްބަރުން ހިމެނެ އެވެ. އަދި ކޮންގްރެސްގެ ތެރެއިން 15 މީހަކު އިންތިޚާބު ކުރާނެ އެވެ.

ޖޭޕީގެ އާ އަސާސީ ގަވާއިދުގެ ދަށުން އެ ޕާޓީގެ ރައީސާއި ނައިބް ރައީސްގެ މަގާމަކީ އަލަށް އުފައްދާ ދެ މަގާމެވެ.