01 މާޗް 2023
ޕެރިސް (މާޗު 1) - ޖިންސީ ގޯނާގެ ތުހުމަތުތަކަކާ ގުޅިގެން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމުން ނޮއެލް ލީ ގްރޭޓް އިސްތިއުފާ ދެއްވައިފި އެވެ.
ޕެރިސް (މާޗު 1) - ޖިންސީ ގޯނާގެ ތުހުމަތުތަކަކާ ގުޅިގެން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމުން ނޮއެލް ލީ ގްރޭޓް އިސްތިއުފާ ދެއްވައިފި އެވެ.
ތުހުމަތުތަކާ ގުޅިގެން ލީ ގްރޭޓް ވަނީ ތަހުގީގު ނިމެންދެން، މިދިޔަ ޖެނުއަރީ މަހު ފެޑެރޭޝަންގެ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރަށް ޖެހިލައިފަ އެވެ.
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވި، ފްރާންސްގެ ސަރުކާރުން ފުޓުބޯޅަ ފެޑެރޭޝަން އޮޑިޓް ކުރަން ފެށީ މިދިޔަ އޮކްޓޫބަރު މަހު އެވެ. ލީ ގްރޭޓް މަސްއޫލިއްޔަތުތަކާ ދުރަށް ޖެހިލި ހިސާބުން ފެށިގެން، އަންނަ ޖޫން މަހު އަލުން އިންތިހާބެއް ބާއްވަންދެން ވަގުތީގޮތުން ރައީސްގެ މަސްއޫލިއްޔަތުތައް ކުރިއަށް ދާނީ ނައިބު ރައީސް ފިލިޕޭ ޑިއާލޯގެ ބެލުމުގެ ދަށުންނެވެ.
"އަންހެނުންނާ މެދު އޭނާގެ އަމަލުތައް ހުރި ގޮތާއި، އާއްމު ކޮށްފައިވާ އޭނާގެ ހިޔާލުތަކާއި އަދި ފްރާންސް ފުޓުބޯޅަ ފެޑެރޭޝަން ހިންގުން ފެއިލް ކޮށްލާފައިވާ ލީ ގްރޭޓް އަކީ ފްރާންސް ފުޓުބޯޅަ ހިންގުމުގެ ޝަރުއީ ބާރެއް ލިބިފައިވާ މީހެއް ނޫން،" ފްރާންސްގެ ސަރުކާރުން ހިންގި ތަހުގީގުގެ ފައިނަލް ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.
ލީ ގްރޭޓް އަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ މައްސަލަތަކަށް އޭނާ ދެކޮޅު ހެދިއަސް، އޭނާ ދެން އަލުން އަނބުރާ މަގާމަށް އަތުވެގެން ނުވާނެ ކަމަށް ވެސް ތަހުގީގުގެ ރިޕޯޓުގައިވެ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ޕެރިހުގައި އަލަށް ހެދި ފީފާގެ އޮފީހުގެ ޑެލިގޭޓެއްގެ ގޮތުގައި ލީ ގްރޭޓް ހަމަޖައްސައިފަ އެވެ. ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ގިނަ މެމްބަރުން ދެކޭގޮތުގައި އޭނާ ފީފާ އާއެކު އެ މަގާމުގައި ކުރިއަށް ދާނެ އެވެ.
ލީ ގްރޭޓް ފްރާންސް ފުޓުބޯޅައިގެ ރައީސްގެ މަގާމަށް އައީ 2011 ވަނަ އަހަރުގެ ޖޫން މަހު އެވެ. އޭގެ ފަހުން 11 އަހަރު ފާއިތު ވެފައި ވާއިރު، އޭނާގެ ރަސްމީ ދައުރު ފުރިހަމަ ވާން އޮތީ 2024 ވަނަ އަހަރެވެ.
އޭނާގެ ރައީސްކަމުގައި ފްރާންސްގެ ފުޓްބޯޅަ ޓީމު ވަނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށް، 2016 ވަނަ އަހަރުގެ ޔޫރޯ އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެ ވަނަ ހޯދައިފަ އެވެ. އަދި މި އަހަރުގެ ކުރީކޮޅު އޭނާ ވަނީ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސްގެ ކޮންޓްރެކްޓް 2026 ވަނަ އަހަރުގެ ނިޔަލަށް އިތުރު ކޮށްފަ އެވެ.
ފްރާންސް ގައުމީ ޓީމުގެ ކޯޗަކަށް އެ ގައުމުގެ ފުޓުބޯޅަ ލެޖެންޑް ޒައިނުއްދީން ޒިދާން ނުގެންނާނެ ކަމަށާއި އޭނާ ގުޅައިފި ނަމަ ފޯނު ވެސް ނުނަގާނެ ކަމަށް އިންޓަވިއު އެއްގައި ބުނި މައްސަލައިގައި ލީ ގްރޭޓް އަށް ވަނީ މި އަހަރުގެ ކުރީކޮޅު އެކި ފަރާތްތަކުގެ ޕްރެޝަރާ ކުރިމަތި ވެފަ އެވެ. އަދި މިއާ ގުޅިގެން އޭނާ ވަނީ އޭނާގެ ބަސްތަކަށް މާފަށް ވެސް އެދިފަ އެވެ.
އިއްޔެ ލީ ގްރޭޓް މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން ފްރާންސް ފުޓުބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ވަނީ އޭނާގެ ކުޅިވަރާއި އިގްތިސާދީ ސިޔާސަތުތައް ފާހަގަކޮށްފަ އެވެ. އަދި ސަރުކާރުގެ ރިޕޯޓު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ބަޔަކު ބުނި ބުނުމެއްގެ މައްޗަށްކަން ވެސް ފެޑެރޭޝަނުގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
އިސްތިއުފާ ދިނުމަށް ފަހު ލީ ގްރޭޓް ފްރާންސްގެ ލެކީޕް އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، އޭނާ އެއްވެސް ބަޔަކަށް ޖިންސީ ގޯނާ ކޮށްފައި ނުވާނެ ކަމަށާއި، ގައުމުގެ ކުޅިވަރު މިނިސްޓްރީގެ ރިޕޯޓަށް އޭނާގެ ވަކީލުން ގޮންޖަހާނެ ކަމަށެވެ.
ލީ ގްރޭޓް ފްރާންސް ފުޓުބޯޅައިގެ ރައީށްގެ މަގާމުން އިސްތިއުފާ ދީފައި މިވަނީ އަންހެން ގައުމީ ޓީމުގެ ކެޕްޓަން ވެންޑީ ރެނާޑް އާއި އިތުރު ދެ ކުޅުންތެރިއަކު ގައުމުގެ ފުޓުބޯޅައިގެ ހާލަތަށް ފާޑު ކިިޔައި، މި އަހަރުގެ އަންހެން ވޯލްޑް ކަޕް ގައި ނުކުޅޭނެ ކަން ހާމަ ކޮށްފައި ވަނިކޮށެވެ.
ބޯޑޯއާއެކު ކެރޯލް ފްރާންސްގެ ހަތަރު ވަނަ ޑިވިޝަނުގައި
ބޯޑޯގެ އާ ފެށުން؛ ސަލާމަތްވީ ކީޕަރު ޖެހި ގޯލުން
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
އޮލިމްޕިކްސްގެ ފެށުން ދިޔައީ ހައިޖާނު ބޮޑުކޮޮށް
އެންމެ ގިނަ ގޯލްގެ ރެކޯޑާއެކު ޖިރޫ ގައުމީ ޓީމާ ދުރަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ޔޫރޯގައި ފްރާންސްގެ ކީޕަރު ކުއްލިއަކަށް ގެއްލުން
ފްރާންސްގެ ގައުމީ ޓީމުގައި ރޯދަ ހިފުން މަނާކޮށްފި
ބޮލަށް ލިބުނު އަނިޔާގައި ބޯޑޯގެ ފޯވާޑް ކޯމާގައި