ލިޓްލް ޖިމްސް ޕްރީ-ސްކޫލު މިހާރު ހިންގާ އިމާރާތުގައި ޕްރީ-ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ،
02 މާޗް 2023
ލިޓްލް ޖިމްސް ޕްރީ-ސްކޫލު މިހާރު ހިންގާ އިމާރާތުގައި ޕްރީ-ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ،
އެ މިނިސްޓްރީން މިިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނުގައި ބުނީ ހުޅުމާލެ 1 ގެ ލޮޓް ނަންބަރު 11489 ގައި އިމާރާތް ކޮށްފައިވާ ޕްރީ ސްކޫލް، މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން 15 އަހަރަށް ހިންގައި ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
ހުޅުމާލޭގެ ފުރަތަމަ ޕްރީ-ސްކޫލު ހުޅުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރު އެ ތަން ކުއްޔަށް ދިނީ އެޗްޑީސީގެ ޗެއާމަންކަން ވެސް ކުރެއްވި ފުއާދު ގާސިމްގެ ކުންފުންޏަށެވެ. ނަމަވެސް، އެތަން ދިން މުއްދަތެއް ސާފެއް ނުވެ އެވެ.
އެ އިމާރާތުގައި ޕްރީ-ސްކޫލް ހިންގަން 15 އަހަރު ދުވަހަށް ކުއްޔަށް ދޭން ހުޅުވާލީ އެ މުއްދަތު ހަމަވާތީ އެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ކުރުމަށް މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކުރުމަށް ފަހު 500ރ. ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، ބީލަން ހުށަހެޅޭނީ އެ މުއްދަތުގައި ރަޖިސްޓްރީކޮށް ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީގަ އެވެ.
ހުޅުމާލޭގައި މަދުވެގެން ހަތް ސްކޫލް އަޅާނެ: ރައީސް
ހުޅުމާލެއަށް 3 ސްކޫލް، މި އަހަރު މަސައްކަތް ފަށަނީ
ހުޅުމާލެއަށް މަދުވެގެން ހަ ސްކޫލު ބޭނުން: މިނިސްޓަރު
ސަލާހުއްދީންގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަނީ
ޣާޒީސްކޫލުގެ އިހުތިޖާޖު: މުވައްޒަފުންގެ މައްސަލަ ބަލަނީ
ދެވަނަ ފިޔަވަހީގައި ޕްރީސްކޫލެއް ހަދާނެ ބަޔަކު ހޯދަނީ
މާލޭގައި ސަރުކާރުގެ ފުރަތަމަ ޕްރީ ސްކޫލު ހުޅުވައިފި
ހުޅުމާލޭގެ ޕްރީ ސްކޫލުން ޖާގަ ހުޅުވާލައިފި
ޕްރީ ސްކޫލް މަރާމާތުކުރަން 1.9 މިލިއަން ރުފިޔާއަށް
ދެވަނަ ފޭހުގެ ސްކޫލް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި