05 މާޗް 2023
ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރަން 29.7 މިލިއަން ޑޮލަރު (457 މިލިއަން ރުފިޔާ) އަށް އިންޑިއާގެ ރެނާޓަސް ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.
ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރަން 29.7 މިލިއަން ޑޮލަރު (457 މިލިއަން ރުފިޔާ) އަށް އިންޑިއާގެ ރެނާޓަސް ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު އަދި ރެނާޓަސްގެ ޗެއާމަން ސެލްވަސުންދަރަމް އެވެ.
މީރުމާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ގައިސް ވިދާޅުވީ ރާއްޖޭގައި ދެ ވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ އެއާޕޯޓުގެ މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިމުމުން އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަންޖެހޭ ފުރިހަމަ ވަސީލަތްތައް ހުންނާނެ ކަމަށެވެ. އަދި އެ މަޝްރޫއަކީ އެ ސިޓީގައި މިހާރު ގެންދާ އެހެން މަސައްކަތްތަކާ ގުޅިލާމެހިފައިވާ ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ދޫގަސްގައި 130 ކޮޓަރި ހޮޓަލާއި 50 ބުޓީކް ކޮޓަރީގެ މަސައްކަތް ވެސް މި އަހަރު ކުރިއަށްދާނެ ކަމަށް ގައިސް ވިދާޅުވި އެވެ.
އެ ހުރިހާ ޕްރޮޖެކްޓެއް ނިމުމުން އައްޑޫ އަދި ދެކުނުގެ އިގުތިސޯދަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ގައިސް ވިދާޅުވި އެވެ.
- އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ޓާމިނަލެއް
- ޑިއުޓީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތައް
- ކޯލްޑު ސްޓޯރޭޖާއެކު ކާގޯ ވަސީލަތްތައް
- ކޮންޓްރޯލް ޓަވަރާއި ފަޔާ ސްޓޭޝަނާއި މަގުތަކާއި ޕާކިން ސަރަހައްދުތައް ހަދާނެ
އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި ސަރުކާރުން އަންނަނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ބޮޑުކުރަމުންނެވެ. އެ މަސައްކަތް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ފަށައި ކުރިއަށްދެ އެވެ.
އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު ވިދާޅުވީ ދެކުނުގެ ރަށްރަށަށް މުހިއްމު ޕްރޮޖެކްޓެއް ކުރިއަށްގެންދަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި ފަހުން ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވި ކަމަށާއި އެކަން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މަހާވަރު ވިދާޅުވި އެވެ.
"މި ޕްރޮޖެކްޓު ވެސް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެބައޮތް." ސަފީރު ވިދާޅުވި އެވެ.
ބޮޑު ދެރައަކީ އައްޑޫ ތަރައްގީ ކުރާނެކަން ގަބޫލުނުކުރުން
ހަނިމާދޫ އެއާޕޯޓާ އެކު ބަދަލުވާނީ މުޅި ސަރަހައްދު!
އެސްއީޒެޑްގެ ބިޔަ ދެ މަޝްރޫއެއް ދުބާއީ ކުންފުންޏަކަށް
ވިޔަފާރި ފުޅާކުރަން ޗައިނާއިން އިތުރު ފްލައިޓުތައް
އިނގިރޭސިން ދިޔަ ފަހުން އައްޑޫ ދިޔައީ ފަހަތަށް:ރައީސް
ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި
ގަރާރު ހުށަހެޅުން ކުރިއަށް،އެކަމަކު ބިލްތައް ހުއްޓިިފައި
ގަން އެއާޕޯޓް ބޮޑުކުރުން އިންޑިއާގެ ރެނާޓަސް އަށް
ގިރާވަރު ފަޅު ތަރައްގީ ކުރާނެ އިންވެސްޓަރުން ހޯދަނީ
ތިލަފުށި ތަރައްގީކުރާ ގޮތުގެ މާސްޓަޕްލޭނެއް