08 ޑިސެމްބަރ 2023
ވިޔަފާރި އާއި ޓޫރިސްޓުން އިތުރުކުރަން އިތުރު ފްލައިޓުތަކާ އެކު، ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ހިންގާނެ ކަމުގެ ޔަގީންކަން ޗައިނާ އިން ދީފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވިޔަފާރި އާއި ޓޫރިސްޓުން އިތުރުކުރަން އިތުރު ފްލައިޓުތަކާ އެކު، ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ހިންގާނެ ކަމުގެ ޔަގީންކަން ޗައިނާ އިން ދީފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
"ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ބައިވެރިވެވަޑައިގަތުމަށް، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާ އެކު ޗައިނާ އަށް ކުރައްވާ ދަތުރުގެ ބައްދަލުވުންތަކަށް ފަހު، މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދެ ގައުމު މެދުގައި އިތުރު ފްލައިޓުތައް ބާއްވައި، އިންވެސްޓްމަންޓާއި ތަރައްގީގެ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެ ގައުމުގެ ސަރުކާރުން ދީފައިވާ ކަމަށެވެ.
ވިޔަފާރިއާއި ފަތުރުވެރިންއިތުރުކުރުމުގައި އިތުރުފްލައިޓްތައް، އިންވެސްޓްމެންޓާއި ތަރައްޤީގެ އިތުރުމަޝްރޫޢުތައް ރައީސް @MMuizzu ގެޒަޢާމަތުގައި ކުރިއަށްގެންދާނެކަމުގެ ފުރިހަމަޔަޤީންކަން ޗައިނާސަރުކާރުންވަނީދީފަ. ނަތީޖާއަށްހެޔޮބަދަލެއްއައްނާނެ އުއްމީދީ ދުވަސްތަކެއް އިންޝާٱللَّٰه pic.twitter.com/C9IpfoDxte
— Mohamed Saeed (@em_saeed) December 7, 2023
އެހެންވެ، އޭގެ ބަދަލުތައް ފެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ނަތީޖާ އަށް ހެޔޮ ބަދަލެއް އަންނާނެ އުއްމީދީ ދުވަސްތަކެއް. އިންޝާﷲ،"" ސައީދު ވިދާޅުވި އެވެ.
ޗައިނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއާ ގާތް ގުޅުމެއް އޮތް ގައުމެކެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ، އެ ސަރުކާރުގައި ހިންގި ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ބައިވެރިޔާ އަށް އެ ގައުމު ވެގެން ދިއުމެވެ.
ނަމަވެސް އެންމެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޗައިނާ އަށް ވުރެ ބޮޑަށް ގުޅުން ބަދަހިކުރީ އިންޑިއާއާ އެވެ. އެހެންވެ، ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ހިންގި ވަރުގެ ބިޔަ އިންވެސްޓްމަންޓްތަކާއި ތަރައްގީގެ މަޝްރޫއުތަކުން ޗައިނާ އޮތީ އެކަހެރިވެފަ އެވެ.
މާލެ އާއި ހުޅުމާލެ ގުޅުވާލި "ސިނަމާލެ" ބްރިޖު ހެދީ ޗައިނާގެ ސަރުކާރުގެ އެހީ އަދި އެ ގައުމުން ދިން ލޯނެއްގެ ދަށުންނެވެ. އޭގެ އިތުރުން ހުޅުމާލެ 2 ގައި ހަދާފައިވާ ހިޔާ ފްލެޓުތަކަކީ ވެސް ޗައިނާގެ ސަރުކާރުގެ ލޯނަކުން ހެދި ތަނެކެވެ. އެއީ ވެސް ޔާމީންގެ ސަރުކާރުގަ އެވެ.
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް
ޗައިނާގެ އެފްޓީއޭއަށް އަންނަ އަހަރު އަމަލުކުރަން ފަށަނީ
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
ގުޅިފަޅުން އުތުރުތިލަފަޅާ ހަމަށް ބްރިޖަކުން ގުޅާލަނީ
އެސްއީޒެޑްގެ ބިޔަ ދެ މަޝްރޫއެއް ދުބާއީ ކުންފުންޏަކަށް
ގާދޫގައި ބަންކަރިންއާ އެކު ގިނަ މަޝްރޫއުތަކެއް
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ
130މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނީ މަޝްރޫއުތަކަށް
ރާއްޖޭގެ 11 ޕްރޮޖެކްޓަކަށް ޗައިނާގެ އެހީ ހޯދަނީ
ހަންކެޑެގެ ވާހަކަތަކުން އަނެއްކާ އައްޑޫ ހައްދަނީ؟