މި އަހަރުގެ ރޯދަ މަހުގެ ކޮންމެ ހަފުތާއެއްގެ ރަސްމީ އެއް ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
05 މާޗް 2023
މި އަހަރުގެ ރޯދަ މަހުގެ ކޮންމެ ހަފުތާއެއްގެ ރަސްމީ އެއް ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ޕީޖީ އޮފީހުން ހަމަޖައްސާފައިވަނީ ރޯދަ މަހުގެ ކޮންމެ ހަފުތާއެއްގެ އާދިއްތަ ނުވަތަ ބުރާސްފަތި ދުވަހު ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށެވެ. އެހެންވެ، ރޯދަ މަހު މުވައްޒަފުން އޮފީހަށް ނިކުމެގެން މަސައްކަތް ކުރަން ޖެހޭނީ ހަފުތާއަކު ހަތަރު ދުވަހު އެވެ.
ގޭގައި ތިބެގެން މަސައްކަތް ކުރަންޖެހޭ ގޮތަށް ހަމަޖެއްސީ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ. އެގޮތުން ކޮންމެހެން އޮފީހަށް ނިކުންނަންޖެހޭ ފަދަ ކަންކަމުގައި އެފަދަ މުވައްޒަފުން އޮފީހަށް ނިކުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އޮފީހަށް ނިކުންނަ ދުވަސްތަކުގައި ގަޑި ޖެހޭ ނުވަތަ ސަލާމް ބުނާ މުވައްޒަފުންނަށް ޖެހިގެން އަންނަ ހަފުތާގައި ގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ނުލިބޭނެ އެވެ. އަދި މަސައްކަތުގެ ފެންވަރު ދަށްވާ ޔުނިޓްތަކުގެ އެންމެން އޮފީހަށް ނިކުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަސްތަކުގައި މަސައްކަތުގެ ފެންވަރު ގާތުން ބަލާނެ އެވެ.
ރޯދަ މަހުގެ ރަސްމީ މަސައްކަތު ވަގުތު އަބަދުވެސް އޮންނަނީ ކުޑަކޮށްފަ އެވެ. އެހެން ނަމަވެސް މިއީ ރޯދަ މަހުގެ ވަކި ދުވަސްތަކެއްގައި ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް ދައުލަތުގެ އިދާރާއަކުން ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
ބޮޑު ޗުއްޓީގައި ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ލުއެއް
ރޯދަ މަހު ޕީޖީ މުވައްޒަފުން ފޯނު ބޭނުންކުރުން މަނާ!
"ހަތަރު ދުވަހު އޮފީހަށް ނުކުތުމުން ނަތީޖާ ރަނގަޅު"
ޕީޖީގެ މަގާމަށް އައްބާސް ކުރިމަތިލައްވައިފި
ޕީޖީގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މީހުންނަށް ދައުވާކޮށްފި
އާ ޕީޖީއަކު ނަގަން ދައުރުން ބޭރު ޖަލްސާއެއް
ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި
ޝަމީމަށް މުވައްޒަފުންގެ ފަރާތުން ރަތްދޫލައިގެ ވަދާއުއެއް
ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާ ދެއްވައިފި