Roadha Mihaaru
ރޯދަ މަހު ޕީޖީ މުވައްޒަފުން ފޯނު ބޭނުންކުރުން މަނާ!

ރޯދަމަހު ޕީޖީ އޮފީހުގެ މުވައްޒަފުން އޮފީހުގައި ފޯނު ބޭނުންކުރުން މަނާ!

20 މާޗް 2024

ރޯދަމަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން އޮފީހުގައި އުޅޭއިރު މަސައްކަތަށް ސަމާލުކަން ދިނުމުގެ ގޮތުން އޮފީހުގެ ބައްދަލުވުންތަކަށް މޮބައިލް ފޯނު ވެއްދުން މަނާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރޯދަމަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން އޮފީހުގައި އުޅޭއިރު މަސައްކަތަށް ސަމާލުކަން ދިނުމުގެ ގޮތުން އޮފީހުގެ ބައްދަލުވުންތަކަށް މޮބައިލް ފޯނު ވެއްދުން މަނާކޮށްފި އެވެ.

ޕީޖީ ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވަނީ މަސައްކަތުގެ މާހައުލުގައި މޮބައިލް ފޯނާ ނުލައި އުޅެން ދަސްކުރުމުގެ ގޮތުން ރޯދަމަހު އެ އޮފީހުގެ ހުރިހާ މުވައްޒަފުން ވެސް ބައްދަލުވުންތަކަށް މޮބައިލް ފޯނު ވެއްދުން މަނާކޮށްފައިވާ ކަމަށެވެ. އޭގެ ބޭނުމަކީ ބައްދަލުވުންތަކުގައި ދެއްކެވޭ ވާހަކަތަކާއި ކުރަންޖެހޭ މަސައްކަތްތަކަށް ސަމާލުކަން ހޯދުން ކަމަށާއި އެއީ އާންމުންނަށް ލަގްޒަރީ ފެންވަރުގެ ހިދުމަތެއް ދިނުމަށް މުހިންމު ކަމެއް ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

ޝަމީމް ލިޔުއްވާފައިވާ ގޮތުން މޮބައިލް ފޯނު ގެންގުޅުން މަނާކުރުމުން، ދެން އެކި ފަރާތްތަކަށް ގުޅަން ބޭނުން ކުރަން ޖެހޭނީ އޮފީހުގެ ރަސްމީ ލޭންޑް ލައިން ފޯނެވެ. އަދި އިންޓަނެޓްގެ ހިދުމަތްތައް ހޯދުމަށް ވެސް ލެޕްޓޮޕް ފަދަ ވަސީލަތްތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެކަން ކާމިޔާބުވެއްޖެ ނަމަ ރޯދަމަސް ނޫން މަސް މަހު ވެސް އެގޮތަށް އަމަލު ކުރާނެ އެވެ. ރޯދަމަހު ފިރިހެން މުވައްޒަފުން އޮފީހަށް ހާޒިރުވާއިރު ޓައީ އަޅަން ނުޖެހޭ ގޮތަށް ވެސް ހަމަޖައްސާފައިވާ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

މިދިޔަ ރޯދަމަހު ޕީޖީ އޮފީހުން ހަމަޖެއްސީ ހަފުތާއެއްގެ ހަތަރު ދުވަހު މަސައްކަތަށް ނުކުންނަ ގޮތަށެވެ. ނަމަވެސް އޭގެ ބަދަލުގައި މި ފަހަރު ނިންމީ ރޯދަމަހުގެ ފަހު 10 ގައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަންޖެހޭ ގޮތަށެވެ.