Roadha Mihaaru
ރަންބީރާ ޝްރައްދާގެ އާ ފިލްމުގެ ދައުވަތު ދިވެހިންނަށް

ރަންބީރާއި ޝްރައްދާގެ އާ ފިލްމަށް ދިވެހިންނަށް ހާއްސަ ދައުވަތެއް

06 މާޗް 2023

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ރަންބީރް ކަޕޫރު އާއި ޝްރައްދާ ކަޕޫރުގެ އާ ފިލްމު، "ތޫ ޖޫތީ މެއި މައްކާރް" ބަލާލަން ދިވެހިންނަށަ ހާއްސަ ދައުވަތެއް ދީފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ރަންބީރް ކަޕޫރު އާއި ޝްރައްދާ ކަޕޫރުގެ އާ ފިލްމު، "ތޫ ޖޫތީ މެއި މައްކާރް" ބަލާލަން ދިވެހިންނަށަ ހާއްސަ ދައުވަތެއް ދީފި އެވެ.

ހޮލީވުޑާއި ބޮލީވުޑްގެ އެންމެ ފަހުގެ ފިލްމުތައް ދިވެހިންނަށް ގެނެސްދޭ ޝްވެކް ސިނަމާގެ ފޭސްބުކްގައި އިއްޔެ ޕޯސްޓުކުރި ވީޑިއޯއެއްގައި ޝްރައްދާ އާއި ރަންބީރު ދިވެހިންނާ މުހާތަބުކޮށް، އެ ފިލްމު ބަލާލަން ދާން ވަނީ ދައުވަތު ދީފަ އެވެ. އެ ވީޑިއޯގައި ފިލްމުގެ ބައެއް މަންޒަރުތައް ވެސް ވަނީ ދައްކާލައިފަ އެވެ.

ލަވް ރަންޖަން ޑައިރެކްޓުކޮށްފައިވާ ލޯބީގެ ކޮމެޑީ ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު އެވެ. އެ ދުވަހު ރާއްޖޭގައި އެ ފިލްމު ޕްރިމިއާ ކުރާނީ ޝްވެކް ސިނަމާގަ އެވެ.

"ތޫ ޖޫތީ މެއި މައްކާރް" ފިލްމުގައި ޝްރައްދާ އާއި ރަންބީރުގެ އިތުރުން ބޮނީ ކަޕޫރާއި ޑިމްޕަލް ކަޕާޑިއާ ވެސް ފެންނާނެ އެވެ.

މިހާތަނަށް ނެރުނު އެ ފިލްމުގެ ދެ ލަވަ އާއި، ޓްރެއިލާ ބެލި ގިނަ ބަޔަކު، މި ފިލްމާ ދޭތެރޭ އަންނަނީ ވަރަށް ބޮޑެތި އުންމީދުތަކެއް ކުރަމުންނެވެ. އަދި ބަލާބެލުމަށް، ރަންބީރާއި ޝްރައްދާގެ އެ ފިލްމު ބޮކްސް އޮފީހުގައި ވިދާލާނެ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.