މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ހަތަރު ރިސޯޓަކުން 2،000 ޑޮލަރު (30،000ރ.) އަށް ވުރެ ބޮޑު އަދަދެއް ދީފި އެވެ.
08 މާޗް 2023
މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ހަތަރު ރިސޯޓަކުން 2،000 ޑޮލަރު (30،000ރ.) އަށް ވުރެ ބޮޑު އަދަދެއް ދީފި އެވެ.
މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ޕްރައިވެޓް އައިލެންޑުންނެވެ. އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި 2،430 ޑޮލަރު (37،400ރ.) ދީފަ އެވެ. މިދިޔަ އަހަރު ވެސް އެންމެ ގިނަ މަސްމަހު އެންމެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ދިން އެއް ރިސޯޓަކީ ވެލާ ޕްރައިވެޓް އައިލެންޑެވެ.
ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރިޒް ކާލްޓަން އިން ވަނީ 2،400 ޑޮލަރު (37،000ރ. ދީފަ އެވެ. ތިން ވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ޝެވަލް ބްލަންކް އިންނެވެ. އެ ރިސޯޓުން ވަނީ 2،200 ޑޮލަރު (33،000ރ.) ދީފައި އެވެ. ދެން ލިސްޓްގައި އޮތީ ވޮލްޑޯފް އެސްޓޯރިއާ އެވެ. އެއީ 2،000 ޑޮލަރު (30،000ރ.) އެވެ
މިދިޔަ ޖެނުއަރީ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ރިޒް ކާލްޓަން އިންނެވެ. އެ ރިސޯޓުން ވަނީ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 4،500 ޑޮލަރު (70،000ރ.) ދީފައި އެވެ. އެއީ މިހާތަނަށް އެންމެ ބޮޑު އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ދިން އެއް ފަހަރެވެ.
ރިޒް ކާލްޓަންގެ ވިލާއެއް. ރާއްޖޭގައި އެންމެ ބޮޑު ސާވިސް ޗާޖު ދޭ އެއް ރިސާޓަކީ ރިޒް ކާލްޓަން-- ފޮޓޯ: ރިޒް ކާލްޓަން
ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ތަނަކުން އެ ކުންފުންޏަކަށް އެ މަހަކު ލިބުނު އާމްދަނީގެ 10 ޕަސެންޓް ސާވިސް ޗާޖުގެ ގޮތުގައި ނެގުން ގާނޫނީ ގޮތުން ވަނީ މަޖުބޫރު ކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.
މިދިޔަ ފެބްރުއަރީ މަހު 8 ރިސޯޓަކުން ވަނީ 1،000 ޑޮލަރަށް ވުރެ ބޮޑު ސާވިސް ޗާޖެއް ދީފަ އެވެ. އޭގެ ތެރޭގައި ވަން އެންޑް އޮންލީ ރީތި ރަށާއި އަނަންތާރާ ކިހާވަށާއި ސޮނޭވާ ޖާނީ އާއި ޕަޓީނާ މޯލްޑިވްސް ފަދަ ރިސޯޓުތައް ހިމެނެ އެވެ.
ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް 375،000 ޓޫރިސްޓުން އައިސްފައިވާ އިރު އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ މަހު 177،000 ޓޫރިސްޓުން އައިސްފައި ވެ އެވެ.
ވެލާގެ ސާވިސް ޗާޖު: މުވައްޒަފަކަށް 72،000ރ.
ސާވިސް ޗާޖު ބޮޑުކޮށް ދޭ ރިސޯޓުތަކުގެ ލިސްޓަށް ބަދަލެއް
ރިޒް ކާލްޓަންގެ ކޮންމެ މުވައްޒަފަކަށް 70،000ރ.
ސާވިސް ޗާޖު ދިނުމުގައި ޗުއްޓީ ދުވަސްތައް ގުނަންޖެހޭނެ
ވަކިކުރީ ފޭސްބުކް ޕޭޖް ހިންގާކަމުގެ ތުހުމަތުގައި!
ވެލާއިން ސާވިސް ޗާޖުގެ ގޮތުގައި 3،000 ޑޮލަރު
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އާ އަހަރަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ ކިހިނެއް؟