ޓޫރިޒަމްގެ ހިދުމަތްދޭ ހުރިހާ ތަނަކުން 10 ޕަސެންޓަށް ވުރެ ދަށް ނުވާ ގޮތަށް ސާވިސް ޗާޖު ނަގަން ޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ބަދަލަށް ފަހު، ސާވިސް ޗާޖާ ބެހޭ ގަވައިދު ލޭބަ ރިލޭޝަންސް އޮތޯރިޓީން މިއަދު ގެޒެޓްކޮށްފި އެވެ.
16 މާޗް 2021
ޓޫރިޒަމްގެ ހިދުމަތްދޭ ހުރިހާ ތަނަކުން 10 ޕަސެންޓަށް ވުރެ ދަށް ނުވާ ގޮތަށް ސާވިސް ޗާޖު ނަގަން ޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ބަދަލަށް ފަހު، ސާވިސް ޗާޖާ ބެހޭ ގަވައިދު ލޭބަ ރިލޭޝަންސް އޮތޯރިޓީން މިއަދު ގެޒެޓްކޮށްފި އެވެ.
މިއަދުން ފެށިގެން އަމަލުކުރާ ގަވައިދުގައިވާގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓްރެއިނިން ރިޒޯޓްތަކާއި، ޓްރާންސިޓް ހޮޓާތަކާއި، ސިޓީ ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޔޮޓް ބަނދަރުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓްތަކާއި، ޕްރައިވެޓް އައިލެންޑްތަކުން ސާވިސް ޗާޖު ބަހާއިރު މުވައްޒަފުން ވަޒީފާއާ ބެހޭ ގާނޫނުގައި މުވައްޒަފުންނަށް މުސާރައާ އެކު ލިބޭ ޗުއްޓީ އަދި އަރާމުކުރަން ލިބޭ ދުވަހަށް ވެސް ސާވިސް ޗާޖު ލިބެން ޖެހޭނެ އެވެ.
ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މަހަކު މުވައްޒަފަކަށް ހައްގުވާ މިންވަރު ކަނޑައަޅާނީ އެ މަހެއްގެ ސާވިސް ޗާޖުގެ ފައިސާއިން އެ މަހެއްގެ ދުވާލަކަށް ޖެހޭ މިންވަރުގެ ނިސްބަތުން، މުވައްޒަފު ހިދުމަތްކުރި ދުވަސްތަކަށް ޖެހޭ އަދަދުން ބަލައިގެންނެވެ. އަދި އެ މަހެއްގެ ސާވިސް ޗާޖަށް ލިބޭ ފައިސާގެ އަދަދު އެ މަހެއް ނިމުމުގެ ކުރިން އެންގުމާއި ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން އެ ފައިސާ ދީ ނިންމުން ވެސް ގަވައިދުން ލާޒިމްކުރެ އެވެ.
މި ގަވައިދުގައި ވާ ގޮތުން ޓޫރިޒަމް ހިދުމަތްދޭ ތަންތަނުގައި މުދާ ވިއްކުމަށް ގާއިމްކޮށްފައިވާ ފިހާރަތަކުން ވިއްކާ މުދަލުން ސާވިސް ޗާޖް ނެގުން ލާޒިމެއް ނޫނެވެ. ސާވިސް ޗާޖް ނެގުން ލާޒިމުވާ ވިޔަފާރިތައް ފިޔަވައި އެހެން ވިޔަފާރިތަކުން ސާވިސް ޗާޖް ނަގާ ނަމަ އަމަލުކުރާނެގޮތް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
ގަވައިދުގައިވާ ގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާ ދޭ ފަރާތަށް ކޮންމެ މަހަކު ލިބޭ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން، އިދާރީ ފީއެއްގެ ގޮތުގައި އެއް ޕަސެންޓް ނެގިދާނެ އެވެ. އަދި އެއްވެސް ހާލެއްގައި އެއަށްވުރެ އިތުރު އަދަދެއް ވަޒީފާ ދޭ ފަރާތުން ނަގައިގެން ނުވާނެ އެވެ.
މުވައްޒަފުންގެ މެދުގައި ސާވިސް ޗާޖް ބެހުމުގައި، މި ގަވާއިދާ ހިލާފުވެއްޖެނަމަ، ވިޔަފާރީގެ ކުޑަ ބޮޑު މިނަށް ބަލައި، އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. މީގެ އިތުރުން ލޭބާ އޮތޯރިޓީން އަންގާ އެންގުންތަކާ ހިލާފުވެއްޖެ ނަމަ ފުރަތަމަ ފަހަރު 10،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން، އަދި ތަކުރާރުވާ ކޮންމެ ފަހަރަކު 50،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
ސާވިސްޗާޖުގެ މައުލޫމާތު ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް، ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 1 ވަނަ ދުވަހާއި އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ލޭބާ ރިލޭޝަންސް އޮތޯރިޓީން ކަނޑައަޅާގޮތެއްގެ މަތިން، އެ އޮތޯރިޓީއަށާއި މީރާއަށް ހުށަހަޅަންޖެހެ އެވެ. މިގޮތަށް މި މުއްދަތުގައި އެ އޮތޯރިޓީއަށް މައުލޫމާތު ހުށަނާޅައިފި ނަމަ ފުރަތަމަ ފަހަރު، ހަތް ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހުށަހަޅަން ފުރުސަތު ދޭނެ އެވެ. މި މުއްދަތުގައި މައުލޫމާތު ހުށަހަޅައިފައި ނުވާނަމަ، 25،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި އިތުރަށް މައުލޫމާތު ހުށަނާޅާ ކޮންމެ ފަހަރަކު 50،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
ވެލާގެ ސާވިސް ޗާޖު: މުވައްޒަފަކަށް 72،000ރ.
ސާވިސް ޗާޖަށް ހަތަރު ރިސޯޓަކުން 30،000ރ.
ސާވިސް ޗާޖު ބޮޑުކޮށް ދޭ ރިސޯޓުތަކުގެ ލިސްޓަށް ބަދަލެއް
ސާވިސް ޗާޖު ލިސްޓުގެ ކުރިއަށް އަނެއްކާވެސް ވެލާ
ސާވިސް ޗާޖު ލިސްޓުގެ ކުރީގައި މި މަހު އިތާފުށި
އިތާފުށިން މި މަހު ސާވިސްޗާޖަށް ބައިލައްކަ ރުފިޔާ
ވަކިކުރީ ފޭސްބުކް ޕޭޖް ހިންގާކަމުގެ ތުހުމަތުގައި!
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު