މިދިޔަ މަހުގެ ސާވިސް ސާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދިން ރިސޯޓަކަށް ރިޒް ކާލްޓަން ވެއްޖެ އެވެ.
04 ސެޕްޓެމްބަރ 2022
މިދިޔަ މަހުގެ ސާވިސް ސާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދިން ރިސޯޓަކަށް ރިޒް ކާލްޓަން ވެއްޖެ އެވެ.
އެ ރިސޯޓުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ އޮގަސްޓް މަހު 20،000ރ. (1،317 ޑޮލަރު) ދިނެވެ.
މިދިޔަ ދުވަސްތަކުގައި އެންމެ ގިނައިން ސާވިސް ދޭ ރިސޯޓުތަކުގެ ލިސްޓުގައި އޮތީ ނޯޓިލަސް މޯލްޑިވްސް އާއި ވޮލްޑޯފް އެސްޓޯރިއާ އާއި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓު ފަދަ ތަންތަނެވެ.
މިދިޔަ އަހަރުގެ އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަސްވަރު، ޑިސެމްބަރު މަހު ވެސް ރިޒް ކާލްޓަން ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ދޫކުރީ 23،000ރ. (1،500 ޑޮލަރު) އެވެ. މިއީ އޮފް ސީޒަން ދުވަސްވަރާ އަޅާ ބަލާ އިރު ބޮޑު އަދަދެކެވެ. އޮފް ސީޒަން ދުވަސްވަރު އެންމެ މަތިން ސާވިސް ޗާޖު ލިބޭ ރިސޯޓުތަކުގެ އަދަދުތައް މީގެ ކުރިން އުޅެނީ 15،000ރ. (1000 ޑޮލަރު) އަށް ވުރެ ދަށުގަ އެވެ.
ރިސޯޓުތަކުގެ ސާވިސް ޗާޖާ ގުޅޭ މައުލޫމާތު އާއްމުކުރަނީ "ރިސޯޓް ވޯކާސް މޯލްޑިވްސް" ގެ ފޭސްބުކް ޕޭޖަކުންނެވެ. އެއީ މުވައްޒަފުން ދޭ މައުލޫމާތުގެ އަލީގަ އެވެ. ރާއްޖޭގެ 58 ރިސޯޓަކުން މިދިޔަ މަހު ދިން ސާވިސް ޗާޖުގެ މައުލޫމާތު އެ ޕޭޖުގައި މިހާރު ވަނީ އާންމުކޮށްފަ އެވެ.
ރާއްޖޭގައި ހުޅުވި ރިޒް ކާލްޓަން ރިސޯޓު. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި 23،000ރ. މުވައްޒަފުންނަށް ބަހާފައިިވޭ--ފޮޓޯ:ރިޒް ކާލްޓަން
ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިސްޓް ހޮޓެލް ގްރޫޕް، ރިޒް ކާލްޓަން ރިސޯޓު ހުޅުވީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. އެ ރިސޯޓުގައި ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންނަށް އައިސް ޗުއްޓީ ހޭދަކޮށްލެވޭނެ 100 ވިލާ ހުރެ އެވެ. އޭގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ވެސް ހިމެނެ އެވެ.
މިދިޔަ މަހު ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ އަނަންތާރާ ކިހާވަށް މޯލްޑިވްސް އިންނެވެ. އެ ރިސޯޓުން މުވައްޒަފުންނަށް 12،800ރ. (835 ޑޮލަރު) ދިނެވެ. ލިސްޓުގެ ތިންވަނައިގައި އުޅެނީ އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ވަން އެންޑް އޮންލީ ރީތި ރަށެވެ. އެއީ 12،300ރ. (785 ޑޮލަރު) އެވެ. ހަތަރު ވަނަ އަށް މި ލިސްޓުގައި އޮތީ އަގްސާނާ ވެލާވަރު މޯލްޑިވްސް އާއި އޯޒެން ރިޒާވް ބޮލިފުއްޓެވެ. އެ ދެ ރިސޯޓުގެ ސާވިސް ޗާޖު ވެސް އުޅެނީ 12،000ރ. އަށް ވުރެ މަތީގަ އެވެ.
ރިސޯޓު ވޯކާސް މޯލްޑިވްސް އިން އާންމުކުރި ލިސްޓުގައިވާ ގޮތުން މިދިޔަ މަހު އެންމެ މަދުން ސާވިސް ޗާޖު ދިނީ ކަގި މޯލްޑިވްސް އާއި ދިއްގިރި ރިސޯޓުންނެވެ. އެ ދެ ރިސޯޓުގުގެ ސާވިސް ޗާޖު އުޅެނީ 2،500ރ. (175 ޑޮލަރު) ގަ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު، ކުރިއަށް އޮތީ ޕީކް ސީޒަންގެ ދުވަސްވަރެވެ. އެ ދުވަސްވަރު ރިސޯޓުތަކުގެ ސާވިސް ޗާޖު އިތުރަށް ބޮޑުވާނެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ 150 އެއްހާ ރިސޯޓުގައި 16،000 އަށް ވުރެ ގިނަ ދިވެހިން ވަޒީފާ އަދާކުރެ އެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މަސައްކަތް ކުރަނީ ހައުސް ކީޕިން އާއި ރެސްޓޯރެންޓާއި ރިސޯޓުތަކުގެ ލޯންޗުތަކުގެ ކްރޫންގެ ގޮތުގަ އެވެ.
ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރު ކޮށްފަ އެވެ.
ސާވިސް ޗާޖަށް ހަތަރު ރިސޯޓަކުން 30،000ރ.
ވެލާގެ ސާވިސް ޗާޖު: މުވައްޒަފަކަށް 72،000ރ.
ރިޒް ކާލްޓަންގެ ކޮންމެ މުވައްޒަފަކަށް 70،000ރ.
ސާވިސް ޗާޖު ދިނުމުގައި ޗުއްޓީ ދުވަސްތައް ގުނަންޖެހޭނެ
ވަކިކުރީ ފޭސްބުކް ޕޭޖް ހިންގާކަމުގެ ތުހުމަތުގައި!
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އާ އަހަރަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ ކިހިނެއް؟
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ