Roadha Mihaaru
އަންހެނުންނަށް ފުރުސަތު ނުދީ ޑިޖިޓަލް މުސްތަގުބަލް ނެތް

ޓެކްނޮލޮޖީގައި އަންހެނުންނަށް ފުރުސަތު ހޯދައިދީގެން ނޫނީ ޑިޖިޓަލް މުސްތަގުބަލް ކުރިއަރައިގެން ނުދާނެ: ރައީސް

08 މާޗް 2023

އިންޓަނެޓާއި ޓެކްނޮލޮޖީގެ ހިދުމަތްތައް ބޭނުން ކުރުމުގައި އަންހެނުންނަށް އިތުރު ފުރުސަތުތައް ހޯދައިދީގެން ނޫނީ ޑިޖިޓަލް މުސްތަގުބަލް ކުރިރައިގެން ނުދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޓަނެޓާއި ޓެކްނޮލޮޖީގެ ހިދުމަތްތައް ބޭނުން ކުރުމުގައި އަންހެނުންނަށް އިތުރު ފުރުސަތުތައް ހޯދައިދީގެން ނޫނީ ޑިޖިޓަލް މުސްތަގުބަލް ކުރިރައިގެން ނުދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި މުޖުތަމައު ކުރިއެރުވުމުގައި އަންހެނުން އަދާކުރަމުން އަންނަނީ ބަދަލުނުކުރެވޭ ވަރުގެ ދައުރެއްކަން މިއަދު ހަނދާންކޮށްދޭ ކަމަށެވެ.

އެއާއެކު ޑިޖިޓަލް މުސްތަގްބަލް ބައްޓަން ކުރުމަށް އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި ޖެންޑާ ޑިޖިޓަލް ޑިވައިޑް ނައްތާލުމަށް އިތުރު ސަމާލުކަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހަށް އދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ "ޑިޖިޓްއޯލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޯ ޖެންޑާ އީކުއަލިޓީ" އެވެ. އެ ތީމުން ޖިންސުގެ ހަމަހަމަކަން ކުރިއެރުވުމަށާއި އަންހެނުންނާއި އަންހެން ކުދިންގެ ސިއްހީ އަދި ތަރައްގީއަށް ބޭނުންވާ ކަންކަން ފުއްދައިދިނުމުގައި އިނޮވޭޓިވް ޓެކްނޮލޮޖީގެ ދައުރަށް އަލިއަޅުވާލަ އެވެ.

އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން އަންނަނީ މާޗު، 2019 އިން ފެށިގެން މުސާރައާއެކު މެޓާނިޓީ ލީވް ހަ މަސް ދުވަހަށް އިތުރުކޮށްފަ އެވެ. އަދި ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ކައުންސިލްތަކުން އަންހެނުންނަށް 33 ޕަސެންޓުގެ ކޯޓާއެއް ދިނުމަށް ވެސް ފާސްކޮށްފައިވެ އެވެ.