Roadha Mihaaru
ކާށިބަސްތާއެއް ކުރިން 300ރ. އަށް، މިހާރު 1600

300ރ. އަށް ލިބުނު ކާށި ބަސްތާއެއް މިހާރު 1،600ރ. އަށް

08 މާޗް 2023

ކުރިން 300ރ. އަށް ލިބުނު ކާށި ބަސްތާއެއް މިހާރު 1،600ރ. އަށް ބޮޑުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރިން 300ރ. އަށް ލިބުނު ކާށި ބަސްތާއެއް މިހާރު 1،600ރ. އަށް ބޮޑުކޮށްފި އެވެ.

މީގެ ތިން މަހެއްހާ ދުވަސް ކުރިން ކާށި ބަސްތާއެއް ލިބެން ހުރީ 250ރ. އާއި 300ރ. އާ ދެމެދުގެ އަގަކަށެވެ.

މާލޭގެ ލޯކަލް މާރުކޭޓުން މިހާރު ކާއްޓެއް ލިބެން ހުރީ 15ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގަ އެވެ. މާރުކޭޓުގައި ތަކެތި ވިއްކާ ވިޔަފާރިވެރިއަކު ބުނީ، ކާށީގެ އަގު ފަސް ގުނަ އިތުރުވީ ރަށްރަށުން ކާށި ލިބޭ ވަރު ވަރަށް ބޮޑަށް މަދުވުމުން ކަމަށެވެ.

އެކަމަކު، މީގެ ދެ މަހެއްހާ ދުވަސް ކުރިން ބާޒާރުގައި ކާއްޓެއް ލިބެން ހުރީ ފަސް ރުފިޔާ އާއި 15ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން ކާށި ގެނެސްގެން ވިއްކަ އެވެ. އެންމެ ގިނައިން ލޯކަލް މާރުކޭޓަށް ކާށި ގެންނަނީ ހއ. ކެލަ އާއި އއ. ތޮއްޑު އާއި ކ. ކާށިދޫންނެވެ. އަދި ލ. އަތޮޅާއި އައްޑޫގެ ބައެއް ރަށްރަށުން ވެސް ކާށި ވިއްކަން މާރުކޭޓަށް ގެންނަމުން ދެ އެވެ.

ލޯކަލް މާރުކޭޓުގައި ގޮޅިއެއްގައި ހުރި ކާށި. ކާށި ބަސްތާއެއް މިހާރު ލިބެނީ 1600 ރުފިޔާ އަށް--  ފޮޓޯ: ނިޝާން އަލީ /މިހާރު

ލޯކަލް މާރުކޭޓުގައި ގޮޅިއެއްގައި ހުރި ކާށި. ކާށި ބަސްތާއެއް މިހާރު ލިބެނީ 1600 ރުފިޔާ އަށް-- ފޮޓޯ: ނިޝާން އަލީ /މިހާރު

މާރުކޭޓުގެ އެހެން ވިޔަފާރިވެރިއަކު ބުނީ، ރާއްޖޭގެ ރަށްތަކުން ކާށި ނުލިބޭތީ، މިހާރު ކާށި ގެންނަނީ އިންޑިއާ އިން ކަމަށެވެ. އެ ގައުމުން ކާށި ގެނައި ނަމަވެސް ބާޒާރުގައި އަގުތައް އުޅެނީ އެއްވަރަކަށެވެ.

އޭނާ ބުނީ، ރޯދަމަހަށް ކާށީގެ ޑިމާންޑު ބޮޑުވެފައިވާ ކަމަށެވެ.

ރޯދަމަހަށް ފަހު އަނެއްކާ ވެސް ކާށީގެ އަގު މިހާރު ހުރި ވަރަށް ވުރެ ކުޑަވާނެ ކަމަށާއި ނަމަވެސް، މީގެ ކުރިން ހުރި ވަރަށް އަގު ދަށް ނުވާނެ ކަމަށް ކާށި ވިއްކާ މީހުން ބުންޏެވެ.