12 މާޗް 2023
ބީއެމްއެލްގެ "ކޮމިއުނިޓީ ފަންޑުން" ހިންގި ތިން ޕްރޮޖެކްޓެއް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ބީއެމްއެލްގެ "ކޮމިއުނިޓީ ފަންޑުން" ހިންގި ތިން ޕްރޮޖެކްޓެއް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
"ކޮމިއުނިޓީ ފަންޑު"ގެ ދަށުން ދ. ހުޅުދެލި، ލ. މުންޑޫ އަދި ލ. ފޮނަދޫގައި ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް ބީއެމްއެލްއިން ވަނީ އެހީތެރިވެފަ އެވެ.
ދ. ހުޅުދެލީގައި މަސްވެރިންނާއި އާއްމުން މަސްކެނޑުުމަށް ތައްޔާރު ކުރި ތަން. -- ފޮޓޯ: ބީއެމްއެލް
އެ ފަންޑުގެ ދަށުން ދ. ހުޅުދެލީގައި ވަނީ މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކޮށްފަ އެވެ. ބީއެމްއެލްއިން ބުނި ގޮތުގައި އެ ތަނަކީ މަސްވެރިންގެ އިތުރުން ހުޅުދެލީގެ އާންމު ރައްޔިތުންނަށް ވެސް މަސް ކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކޮށްފައިވާ ތަނެކެވެ. އަދި އެ ތަން ފަރުމަކޮށްފައި ވަނީ ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑު ވެސް ބޭނުން ކުރެވޭނެ ގޮތަށް ކަމަށް ބެންކުން ބުނެ އެވެ.
އެ ޕްރޮޖެކްޓް ހިންގާފައި ވަނީ ހުޅުދެލީ އައިލެންޑް ސޮސައިޓީ އެންޑް ސްޕޯޓްސް އެސޯސިއޭޝަނުންނެވެ.
ލ. މުންޑޫގައި އެ ފަންޑުގެ ދަށުން ބަނދަރު ސަރަހައްދުގައި ދަތުރުވެރިންނަށް ހާއްސަ ތަނެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.
ލ. މުންޑޫގެ ބަނދަރު ސަރަހައްދުގައި ދަތުރުވެރިން މަޑުކޮށްލުމަށް ތަރައްގީ ކުރި ހާއްސަ ތަން. -- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްއިން ބުނި ގޮތުގައި އެ ތަނުގައި ވަނީ ހަޓެއް ހަދާ ލަކުޑި ބެންޗްތަކެއް ބަހައްޓައިފަ އެވެ. އެ ތަނަކީ ދަތުރުވެރިން މަޑުކޮށްލުމަށްޓަކައި ހިޔާވެވޭހެން ފަރުމާކޮށްފައިވާ ތަނެކެވެ.
އެ ޕްރޮޖެކްޓް ހިންގާފައި ވަނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާ އިންނެެވެ.
އެ ފަންޑުގެ ދަށުން ލ. ފޮނަދޫގައި ހުންނަ ލ. އަތޮޅު ތައުލީމީ މަރުކަޒުގެ 4 ކްލާސްރޫމެއް ޑިޖިޓައިޒްކުރުމުގެ ގޮތުން ވަނީ ޓީވީ ބަހައްޓައިފަ އެވެ.
އެ ފަންޑުގެ ދަށުން ލ. ފޮނަދޫގައި ހުންނަ ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ޑިޖިޓައިޒް ކޮށްފައިވާ ކްލާހެއް. -- ފޮޓޯ: ބީއެމްއެލް
އެ ޕްރޮޖެކްޓް ހިންގާފައިވަނީ ވިމެން އެންހޭންސްމަންޓްގެ ފަރާތުންނެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ.
ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ފޯޜުކޮށްދީފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އިތުރު ޕްރޮޖެކްޓްތަކެއް
ކޮމިއުނިޓީ ފަންޑުން އެހީ ދޭ ޕްރޮޖެކްޓުތައް ހޮވައިފި
ކޮމިއުނިޓީ ފަންޑަށް ހުށަހެޅުމުގެ ފުރުސަތު ހަމަވަނީ
ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލްގެ އެހީގައި ށ. މިލަންދޫގައި ރީޑިން ޕާކެއް
ބީއެމްއެލްގެ އެހީގައި ފެންފުށި ޕްރީސްކޫލް މަރާމާތުކޮށްފި
ކޮމިއުނިޓީ ފަންޑަށް ހުށަހެޅުން ހޮނިހިރާ ހަމައަށް
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި
އިތުރު 103 އޭޓީއެމާ އެކު ހުރިހާ ރަށަކަށް އޭޓީއެމް
ވިޔަފާރިތަކަށް ބީއެމްއެލްގެ ބިޒްނަސް ޕްރިޕެއިޑް ކާޑެއް