Roadha Mihaaru
ބީއެމްއެލްގެ އެހީގައި ށ. މިލަންދޫގައި ރީޑިން ޕާކެއް

ބީއެމްއެލްގެ އެހީގައި ށ. މިލަންދޫގައި ރީޑިން ޕާކެއް

05 ޖުލައި 2023

ށ. މިލަންދޫ ސްކޫލުގައި، ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ދީގެން އައުޓްޑޯ ރީޑިން ޕާކެއް ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ށ. މިލަންދޫ ސްކޫލުގައި، ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ދީގެން އައުޓްޑޯ ރީޑިން ޕާކެއް ހުޅުވައިފި އެވެ.

އެ ޕާކަކީ އެ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސްކޫލް ދަރިވަރުންގެ މެދުގައި ކިޔުންތެރިކަމަށް ޝައުގު އުފެއްދުމުގެ ގޮތުން ތަރައްގީކުރި ޕާކެކެވެ. މި ޕްރޮޖެކްޓު ކުރިއަށް ގެންދިޔައީ މިލަންދޫ ސްޕޯޓްސް ކްލަބުންނެވެ.

އެ ކްލަބުގެ ނައިބު ރައީސް އަހުމަދު ސަމީހު ވިދާޅުވީ އެ ޕާކުގެ ސަބަބުން ދަރިވަރުންނަށް ކިޔުންތެރިކަމުގެ މުހިންމުކަން ދަސްވެ، ކިޔުންތެރިކަމަށް ލޯބި އުފެދި، ހިތްގައިމު މާހައުލެއްގައި އެކަން ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީދޭ ފަންޑެކެވެ. މި ފަންޑުން މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި 90 ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

މި ފަންޑުގެ ދަށުން މި އަހަރުގެ ފުރަތަމަ ފިޔަވަހީގައި އެހީ ހޯދުމަށް ހުށަހެޅި ޕްރޮޕޯޒަލްތަކުގެ ދަށުން ފަންޑު ކާމިޔާބުކުރި 10 ޕްރޮޕޯޒަލް ވަނީ ކަނޑައަޅައިފަ އެވެ.