Roadha Mihaaru

ގެއެއްގެ ފަސް ވަނަ ފްލޯއިން ވެއްޓި، 4 އަހަރުގެ ކުއްޖަކު މަރުވެއްޖެ

މާލޭ ގެއެއްގެ ފަސް ވަނަ ފްލޯ އިން ވެއްޓުނު އުމުރުން ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ރޭ މަރުވެއްޖެ އެވެ.

މާލޭގެ އިމާރާތަކުން ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެ
މޫސާ ރަޝީދު
މޫސާ ރަޝީދު

13 މާޗް 2023

މާލޭ ގެއެއްގެ ފަސް ވަނަ ފްލޯ އިން ވެއްޓުނު އުމުރުން ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ރޭ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ފަސް ވަނަ ފްލޯ އިން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން ރޭ 12:20 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާ އަށް އޭޑީކޭ ހޮސްޕިޓަކުން ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.