ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ތަރުޖަމާނަކަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި އެ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން ކަމަށް މިހާރު ވެސް އެ މަގާމު ފުރުއްވާ އަލީ ސޯލިހު، ގާސިމް މިއަދު އަލުން އައްޔަން ކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ތަރުޖަމާނަކަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި އެ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން ކަމަށް މިހާރު ވެސް އެ މަގާމު ފުރުއްވާ އަލީ ސޯލިހު، ގާސިމް މިއަދު އަލުން އައްޔަން ކުރައްވައިފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޔަގީން ކުރެވޭ ގާސިމް އެކަން އިއުލާން ކުރެއްވީ މިއަދު ބޭއްވި ޖޭޕީގެ ކައުންސިލްގެ ބައްދަލުވުމުގަ އެވެ.
އަމީނަކީ ކޮވިޑް-19 ގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދޭން ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލު ކޮށްގެން ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުގެނެވުމުގެ މައްސަލާގައި ކުރިމަތިވި ފިއްތުންތަކާ ގުޅިގެން މި ސަރުކާރުން އިސްތިއުފާ ދެއްވާފައިވާ ބޭފުޅެކެވެ. އޮކްޓޯބަރު 21، 2020 ގައި ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ޖޭޕީ އަދި ސިޔާސީ ކަންކަމާ ވެސް އަމީން ހުންނެވީ ދުރުގަ އެވެ. އެކަމަކު، މިދިޔަ ދެ މަހެއްހާ ދުވަހު އޭނާ ވަނީ އެ ޕާޓީގެ ބައެއް ހަރަކާތްތަކުން ފެނިފަ އެވެ.
ކުރީގެ ގައުމީ ޕާޓީން ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެންނެވި އަމީން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް އަމީން ކުރެއްވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސޯލިހު ޖޭޕީގެ ޗީފް ސްޕޯކްސް ޕާސަންގެ މަގާމު ފުރުއްވާތާ 10 އަހަރު ވެއްޖެ އެވެ. އަލީ ސޯލިހު ފާހަގަކުރެވިފައި ވަނީ މީޑިއާއާ ގާތް އަދި އެ ޕާޓީއާ ގުޅޭ ގިނަ ކަންކަން މީޑިއާއާ ހިއްސާ ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އަލީ ސޯލިހު ވަނީ ރާއްޖޭގެ ދެވަނަ ސިޔާސީ ޕާޓީ ޑީއާރުޕީގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްކަމާއި މީޑިއާ ކޯޑިނޭޓަރުކަން ވެސް ކުރިން ކުރައްވައިފަ އެވެ.
ގާސިމްގެ ތަރުޖަމާނަކަށް އަމީން އަދި ޖޭޕީގެ އިސް ތަރުޖަމާނުކަމުގައި އަލީ ސޯލިހު ބަހައްޓަން ނިންމެވުމުގެ އިތުރުން ގާސިމް މިއަދު ވަނީ އޭނާގެ ސްޕެޝަލް އެޑްވައިޒަރުންނަށް އިތުރު ތިން ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ. އެއީ މިހާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ކުރީގެ ހެލްތު މިނިސްޓަރު އިބްތިޝާމް އާދަމާއި ކުރީގެ ޕްރިންސިޕަލް އާމާލް އަލީ އެވެ.
އޭގެ ތެރެއިން ޑރ. ހުސައިނަކީ ޖޭޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުގެ އިންތިހާބުން ފެއިލް ވެފައިވާ ބޭފުޅެކެވެ. އެކަމަކު، އޭނާ ވަނީ ބަލި ގަބޫލު ކުރައްވައި ކޮންމެ ހާލެއްގައި ވެސް ޖޭޕީއާ އެކު ހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ގާސިމް ވަނީ އޭނާގެ ސްޕެޝަލް އެންވޯއިއެއް ވެސް އައްޔަން ކުރަން ނިންމަވައިފަ އެވެ. އެކަމަކު، އެއީ ކޮން ބޭފުޅެއްކަން އަދި ނުނިންމަވަ އެވެ.
މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީން ކެންޑިޑޭޓަކު ނެރެ، އެ ޕާޓީން އިސްވެ އޮވެ ޕާޓީތަކާ އެކު ކޯލިޝަނަކުން ވާދަކުރަން ކައުންސިލްގެ އިއްތިފާގުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެއީ މިހާރު ވެސް މި ސަރުކާރު ހިންގާ ކޯލިޝަންގެ މުހިންމު ބައިވެރިއަކަށް ވާތީ، އެ ބަދަލާ އެކު ސިޔާސީ މަސްރަހުގެ ޗާޓް މުޅިން އާ ގޮތަކަށް ފެންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
އަލީ ވަހީދާ މެދު ގޮތެއް ނިންމަވާނީ ރައީސް: ގާސިމް
ޔާމީނަށް އިންސާފު އަވަސްކުރުން މުހިންމު: އަމީން
ގާސިމް، ނާޖާއިޒު ފައިދާއެއް ނުހޯއްދަވާނެ: އަލީ ސޯލިހު
ރައީސް އިސްކަންދެއްވީ ހާލަތުން އަރައިގަނެވޭނެ ބޭފުޅަކަށް
އެމްޑީޕީ ނުކުންނާނެ ގޮތް އަވަހަށް ނިންމަންޖެހޭ: އާޒިމް
ކެބިނެޓަށް ފުރިހަމަ އިތުބާރު އެބައޮތް: ޖޭޕީ
އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖޭޕީގެ މެމްބަރުން ގޮވަނީ
ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން ކަމަށް އަނޫޝް
ޖޭޕީން ކުރިމަތިލީ 42 ދާއިރާއަށް
އެންމެން ވެސް ރަނިން މޭޓުގެ އިންތިޒާރުގައި