Roadha Mihaaru
ފްލެޓް ލިބުނު ކަމަށް ބުނެ އަނެއްކާ ވެސް ކޯލްތަކެއް

ފްލެޓް ލިބުނު ކަމަށް ބުނެ ކޯލާއި އެސްއެމްއެސް، ބީއެމްއެލް އިން އެދެނީ ސަމާލުވާން!

15 މާޗް 2023

ހައުސިންގެ ނަމުގައި އެކި މީހުންނަށް ގުޅައި، އެސްއެމްއެސްކޮށް ބަޔަކު މި ދުވަސްވަރު އަނެއްކާ ވެސް ސްކޭމެއް ހިންގަމުންދާ ކަމަށާއި އެފަދަ ގޮތް ނޭނގޭ ކޯލްތަކާއި އެސްއެމްއެސްތަކަށް ޖަވާބު ނުދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން އިލްތިމާސްކޮށްފި އެވެ.

ހައުސިންގެ ނަމުގައި އެކި މީހުންނަށް ގުޅައި، އެސްއެމްއެސްކޮށް ބަޔަކު މި ދުވަސްވަރު އަނެއްކާ ވެސް ސްކޭމެއް ހިންގަމުންދާ ކަމަށާއި އެފަދަ ގޮތް ނޭނގޭ ކޯލްތަކާއި އެސްއެމްއެސްތަކަށް ޖަވާބު ނުދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި ދުވަސްވަރު ރިޕޯޓު ކޮށްފައިވާ ސްކޭމް ކޯލުތަކަށް ބަލާއިރު، ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އެކި އިދާރާތަކުގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންނަށް ގުޅަމުންދާ ކަމަށެވެ. އެކި އޮންލައިން ޕޭޖުތަކުން މުދާ ގަންނަން ފައިސާ ދެއްކުމުން މުދާ ނުލިބި އަދި ފައިސާ ނުލިބޭކަމުގެ ޝަކުވާ ވެސް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފަދަ ކޯލްތަކާއި އެސްއެމްއެސްތަކާއި ފޭސްބުކް މެދުވެރިކޮށް ހައުސިން އަށް މުދާ ގަތުމަށް ފައިސާ ދީގެން ހިދުމަތް ނުލިބިގެން ބޭންކަށް ޝަކުވާތަކެއް މި ހަފުތާގެ ތެރޭގައި ވެސް ހުށަހަޅާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"އެ މުދަލެއް ނުދީ، ފައިސާ ފޮނުވި ފަރާތް ބްލޮކްކޮށް އިތުރު އެއްވެސް މުއާމަލާތެއް ނުކުރާ ކަމުގެ ޝަކުވާ ލިބޭ. މިކަން ހިނގާގޮތަށް ބަލާއިރު ފައިސާ ފޮނުވާ ފަރާތަށް އެ ޕޭޖާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުހުރޭ. އެހެންކަމުން ކާކުކަން ނޭނގޭ ފަރާތްތަކާ އެކު ފައިސާގެ މުއާމަލާތް ނުކުރުމަށް އިލްތިމާސްކުރަން،" އޭނާ ވިދާޅުވި އެވެ.

"އަދި މީގެ އިތުރުން އެކި ގޮތްގޮތަށް ކަސްޓަމަރުންނަށް އޮޅުވާލައިގެން މައުލޫމާތު ހޯދައި އެ މައުލޫމާތު ބޭނުންކޮށްގެން އެކައުންޓުން ފައިސާގެ މުއާމަލާތްތައް އަދިވެސް އެބަ ހިންގާ. އަޅުގަނޑުމެންނަށް ހުށަހަޅާ މައްސަލަތަކަށް ބަލާއިރު އެފަދަ މީހުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ފޯނުކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަނެޓް ބޭންކިންގެ ޔޫސާ ނޭމް އާއި ޕާސްވޯޑް ހޯދާ."

ކަސްޓަމަރުންނަށް އީމެއިލް އެޑްރެހާއި ފޯނަށް އަންނަ އޯޓީޕީ ވެސް ހިއްސާ ކޮށްފައި ހުންނަ ކަމަށާއި އެއީ ބޭންކަށް ވެސް އަދި އެހެން އިދާރާއަކަށް ވެސް ދޭން ޖެހޭ މައުލޫމާތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކާކުކަން ނޭނގޭ ފަރާތްތަކާ އެކު ޑޮލަރުގެ މުއާމަލާތްކޮށްގެން ފައިސާ ނުލިބޭކަމުގެ ޝަކުވާ ވެސް ހުށަހަޅާ ކަމަށް ސައީދު ވިދާޅުވި އެވެ.