އެންސިސް ކުންފުނިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ މަތީ ފަންތީގެ ފްލެޓްތައް ގަތް މީހުންނަށް އެތަންތަން ހަވާލުކުރަން އިއްޔެ ފަށައިފި އެވެ.
15 މާޗް 2023
އެންސިސް ކުންފުނިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ މަތީ ފަންތީގެ ފްލެޓްތައް ގަތް މީހުންނަށް އެތަންތަން ހަވާލުކުރަން އިއްޔެ ފަށައިފި އެވެ.
އެޗްޑީސީން ބުނީ އެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށައި، އެތަނަށް ބަދަލުވާ ފުރަތަމަ އާއިލާއަށް މިހާރު ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށެވެ. ހުރިހާ ފްލެޓެއް އަދި ހަވާލެއް ނުކުރެ އެވެ. އިއްޔެ ހަވާލުކުރަން ފެށީ ބީ ބްލޮކެވެ.
އެންސިސްގެ "އައިރާ-އެކްސެޕްޝަނަލް ލިވިިން" ފްލެޓް އިމާރާތް: ފްލެޓް ގަތް މީހުންނަށް އެތަން ހަވާލުކުރަން މިހާރު ވަނީ ފަށައިފައި.-- ފޮޓޯ: އެޗްޑީސީ
"އައިރާ-އެކްސެޕްޝަނަލް ލިވިިން"ގެ ނަމުގައި އެންސިސް ކުންފުނިން ހެދި އިމާރާތުގައި 94 އެޕާޓްމަންޓް ހުރެ އެވެ. ގާތްގަނޑަކަށް ހަ އަހަރަށް ވުރެ ގިނަ ދުވަސް ވީ ފަހުން އެންސިސްގެ "އައިރާ" ފްލެޓުތައް ހަވާލުކުރަން ފެށިއިރު، އެ މަސައްކަތް ނިންމުމަށް ދިން މުއްދަތު ފަސް ފަހަރެއްގެ މަތިން އެޗްޑީސީން އިތުރުކޮށްދިނެވެ.
އެންސިސް އިން އެންމެ ފަހުން ބުނި ގޮތުގައި، 2016 ވަނަ އަހަރު ހަދަން ފެށި އެ ފްލެޓްތަކުގެ މަސައްކަތް ދިގުލައިގެން ދިޔައީ ކޮވިޑާ-19 އާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުންނާއި ކޮންޓްރެކްޓަރު ބަދަލުވުމުންނާ އަދި އެ ކުންފުންޏަށް ކުރިމަތިވި މާލީ ގޮންޖެހުންތަކުގެ ސަބަބުންނެވެ.
އެންސިސްގެ "އައިރާ-އެކްސެޕްޝަނަލް ލިވިިން" ފްލެޓެއްގެ ބަދިގެ: ފްލެޓް ގަތް މީހުންނަށް އެތަން ހަވާލުކުރަން މިހާރު ވަނީ ފަށައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
• 3+1 ގެ 45 އެޕާޓްމަންޓް
• 2+1 ގެ 26 އެޕާޓްމަންޓް
• އެއް ކޮޓަރީގެ 13 އެޕާޓްމަންޓް
• 10 ޕެންޓް ހައުސް
އެ އިމާރާތުގައި، ސްވިމިނިން ޕޫލަކާއި ޖަކޫޒީ ޕޫލަކާއި ކުޑަކުދިންނަށް ހާއްސަ ސްވިމިން ޕޫލަކާއި އިވެންޓުތަކަށް ހާއްސަ ހޯލެއް އަދި ޖިމެއް ވެސް ހުންނާނެ އެވެ.
ފްލެޓްތަކާމެދު އަނެއްކާވެސް އާ އުންމީދެއް، އާ ތާރީހެއް
އެޗްޑީސީގެ ސީއެފްއޯ އާއި ބިޒްނަސް ހެޑް ވަކިކޮށްފި
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
އެޗްޑީސީގެ 15 މުވައްޒަފަކު ވަކިކޮށްފި
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
"ނޯޓިސް ދިނީ ފައިސާ ނުދައްކާ މީހުންނަށް އެކަނި"
ހުޅުމާލޭގައި ރެސިޑެންޝިއަލް 10 ޓަވަރު އަޅަނީ