ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގާ ތަހުގީގާ އެކު، މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކުރި އެ ކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން މަގާމުން ވަކިކޮށްފި އެވެ.
ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގާ ތަހުގީގާ އެކު، މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކުރި އެ ކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން މަގާމުން ވަކިކޮށްފި އެވެ.
ފާއިދާއި ޔާމީން ވަކިކުރި ސަބަބާއި އެ ދެ ބޭފުޅުންގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން އެޗްޑީސީން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.
ފާއިދާއި ޔާމީން ސަސްޕެންޑްކުރީ ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ މައްސަލަތައް ބަލަން ފެށުމާ އެކު އެވެ. އެކަމަކު އެ މައްސަލައާ އެ ދެބޭފުޅުންނާ ގުޅުން އޮތް ކަމެއް އަދި ސާފެއް ނުވެ އެވެ.
ފާއިދާއި ޔާމީން ހިމެނޭ ގޮތަށް 15 މުވައްޒަފަކު މިދިޔަ އަހަރުގެ ޑިސެމްބަރ މަހު މަގާމުން ވަކިކުރި ނަމަވެސް ވަކި ހިސާބަކުން އެ އެންމެންގެ ވަޒީފާ އަލުން އިޔާދަކުރި އެވެ. އެކަމަކު، މައްސަލަތައް ބަލައި ނިމެންދެން ތިބީ ސަސްޕެންޑްކޮށްފަ އެވެ.
ބިންވެރިޔާ ސްކީމާ ގުޅޭ ތަހުގީގަށް ސަސްޕެންޑްކުރި ބައެއް މީހުންނަށް އެޅި ފިޔަވަޅުތައް އުވާލާފައިވާކަމަށް އެޗްޑީސީން ކުރިން ވަނީ ބުނެފަ އެވެ.
ބިންވެރިޔާ ސްކީމްގެ ޝަރުތު ހަމަނުވަނީސް އެޗްޑީސީގެ އޭރު މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އެމްޑަބްލިއުއެެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިން މައްސަލަ ފަޅާ އެރުމާ އެކު، އޭސީސީ އާއި ފުލުހުން ވަނީ ބޮޑު ތަހުގީގެއް ފަށައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ފަޒުލް ސަސްޕެންޑް ކުރުމާ އެކު، އޭނާ މަގާމުން އިސްތިއުފާ ދެއްވި އެވެ.
އެކަމަކު، އެ ތަހުގީގުގެ އެއްވެސް ތަފުސީލެއް ކަމާ ގުޅޭ އިދާރާތަކުން މިހާތަނަކަށް ހާމައެއް ނުކުރެ އެވެ.
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
އެޗްޑީސީގެ 15 މުވައްޒަފަކު ވަކިކޮށްފި
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
"ނޯޓިސް ދިނީ ފައިސާ ނުދައްކާ މީހުންނަށް އެކަނި"
ހުޅުމާލޭގައި ރެސިޑެންޝިއަލް 10 ޓަވަރު އަޅަނީ
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި
ހުޅުމާލެ 1ގެ ކުލިން 20 ޕަސެންޓް ދެން ކުޑަވާނެ