މި ސަރުކާރުން އެމްޓީސީސީގެ ކެޕޭސިޓީ އިތުރު ކުރުމަށް ފެށި މަސައްކަތުން ރާއްޖޭގެ އިގްތިސާދުގައި 100 މިލިއަން ޑޮލަރު ހިފެހެއްޓުނު ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
16 މާޗް 2023
މި ސަރުކާރުން އެމްޓީސީސީގެ ކެޕޭސިޓީ އިތުރު ކުރުމަށް ފެށި މަސައްކަތުން ރާއްޖޭގެ އިގްތިސާދުގައި 100 މިލިއަން ޑޮލަރު ހިފެހެއްޓުނު ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރޭ ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ، އެމްޓީސީސީގެ ކެޕޭސިޓީ މިހާރު ހުރި ހިސާބަށް ނުގެނައި ނަމަ، އެ ކުންފުނިން ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް ހިންގަން ޖެހޭނީ ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ކަމަށެވެ.
އެމްޓީސީސީން ރާއްޖޭގައި ހިންގާ މުހިއްމު ގިނަ އެއާޕޯޓުތަކެއްގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެ ކުންފުނިން، ހޯރަފުއްޓާއި މާވަރުލު އަދި ފަރެސްމާތޮޑާ އެއާޕޯޓު މަސައްކަތް ނިންމާލި އިރު މުލީ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށެވެ.
ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވާހަކަދައްކަަވަނީ- ފޮޓޯ: ނިޝާން އަލީ/ މިހާރު
" ފ. މަގޫދޫ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ވެސް، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށާނެ. އެމްޓީސީސީން މަސައްކަތް ނިންމަމުން މި ގެންދާ، އަލިފުށީ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ވެސް އޮގަސްޓު މަހުގެ ތެރޭގައި ފަށާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ އެއާޕޯޓުގެ އިތުރުން، ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ ދިއްލުމަށް ރަންވޭގެ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް ވެސް އަންނަ މަހަށް ނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނ. މާފަރު އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް އެއް އަހަރު ތެރޭ ނިންމާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ މަސައްކަތްތައް އެމްޓީސީސީ އިން އަންނަނީ ކުރަމުންނެވެ. އެ ކުންފުނިން ފަރެސްމާތޮޑާ އެއާޕޯޓު ރަށާ ގުޅާލުމަށް ހަދާ ކޯޒްވޭގެ މަސައްކަތް ވެސް މިއަހަރު ޖުލައި މަހަށް ނިންމަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެމްޓީސީސީން 93 މަޝްރޫއު ނިންމައިފި
މާވަރުލު އެއާޕޯޓުގެ މަސައްކަތް އަންނަ ހަފުތާގައި ނިމޭނެ
ހއ. އާއި ހދ. ގެ މަޝްރޫއުތައް މި އަހަރު ނިމޭނެ
އެމްޓީސީސީން 200 އަށް ވުރެ ގިނަ ވަޒީފާ
ރަސްފަންނު މަރާމާތުކުރަން މިނިސްޓްރީން ފަށަނީ
އެމްޓީސީސީ ޕްރޮޖެކްޓުތަކުގެ ރިއަލް-ޓައިމް އަޕްޑޭޓް ދެނީ
ރަސްފަންނު މަރާމާތުކުރުމުގެ ފުރުސަތެއް ނުދިން:އެމްޓީސީސީ
"ރަސްފަންނު ބަލަހައްޓަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފައި"
ސާމާނު ލިބުމުން ފާލަމުގެ މަސައްކަތް އަވަސްވާނެ
މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓާނެ