ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމަކަށް ވާ އިރު، ދިވެހިންގެ ތެރޭގައި ވެސް އެކަން އޮންނާނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމްޑީޕީން ބަޔާން ނެރުނީ، އެ ވާހަކަފުޅުތަކުގެ މާނަ އޮޅޭ ގޮތަށް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
21 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމަކަށް ވާ އިރު، ދިވެހިންގެ ތެރޭގައި ވެސް އެކަން އޮންނާނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމްޑީޕީން ބަޔާން ނެރުނީ، އެ ވާހަކަފުޅުތަކުގެ މާނަ އޮޅޭ ގޮތަށް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
މ. މުލަކާއި ދިއްގަރު އަދި މަޑުއްވަރީގެ ބައެއް މީހުން ޕީޕީއެމަށް ސޮއިކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމަކަށް ވާތީ މި ސަރުކާރުގެ ތެރެއިން ހިންގާ ކަންތައްތަކުގައި ވެސް ކޮރަޕްޝަނަށް ޖާގަ އެބައޮތް ކަމަށެވެ. ނަމަވެސް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރާނީ އެ ޖާގަ ކުޑަކުރެވޭތޯ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީން މަސައްކަތް ކުރެއްވީ ޚިޔާނާތާއި ވައްކަމަކީ ވެސް އާދައިގެ ކަމެއްގެ ގޮތުގައި ދެއްކެވުމަށް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ސިއްސުވާލައި ރައްޔިތުންގެ މުދަލާއި ފައިސާ އިން އެންމެ ބޮޑެތި ވައްކަންތަކާއި ހިޔާނާތް ހިންގި ސަރުކާރަކަށް މި ސަރުކާރު ވެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ މި ސަރުކާރުގައި ތިބެގެން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާ ނަމަ އެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށާއި މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ވެސް އެކަން ހާމަވަގެން ދާ ކަމަށް ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ މި ސަރުކާރުން އަންނަނީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް އަދި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު ވެސް އަޅަމުން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވޭ އެއްވެސް ކަހަލަ ކޮރަޕްޝަންގެ ޖަރީމާއެއް ހިންގާނަމަ އެކަމުގެ ޒިންމާ އެ ފަރާތަކުން ނަގަން ޖެހޭނެކަމަށް. މިހާ ބޮޑަށް ކުރައްވާ މަސައްކަތުގެ މަގްސަދު ރައްޔިތުންނަށް އޮޅުވާލާތީ މި ވާހަކަ ދައްކަން ޖެހެނީ. އެ މަނިކުފާނުގެ ވާހަކަފުޅު ތަރުޖަމާކުރި އިރު އެ މެސެޖް ނުބައިކޮށް ރައްޔިތުންނަށް ފަތުރާފައިވާތީ އެކަން ޕީޕީއެމުން ކުށްވެރިކުރަން،" އަޒްލީން ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ މި ސަރުކާރާ ގުޅޭ ގޮތުން ދައްކާ ކޮރަޕްޝަންގެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެމްޑީޕީން އުޅެނީ، މި ސަރުކާރުން ތިން އަހަރުގެ ތެރޭގައި ގެނެސްފައިވާ ތަރައްގީ ހަޖަމް ނުވެގެން ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައިި ބުނެފައި ވަނީ ވައްކަންތަކާއި ހިޔާނާތްތަކުގެ ފުރިހަމަ ތަހުގީގެއް ނުހިންގައި އެ ކަންކަން ތަބީއަތާ ގުޅުވުމަކީ އިސްލާމް ދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ހިލާފު ބިރުވެރި ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން ކޮށްފައިވާ ބޮޑެތި ވައްކަންތަކާއި ހިޔާނާތުގެ މައްސަލަތަކުން ސަރުކާރުގެ ވެރިންނަށް ސަލާމަތްވެވޭނެ، ބުއްދި ގަބޫލުކުރާ އެއްވެސް ހެއްކެއް ނެތް ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްއެމްޕީއާރުސީ މައްސަލަ އަށް އިންސާފެއް ނުލިބޭނެ
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް
އެޗްޑީސީން ހެކި ނައްތާކަމުގެ ތުހުމަތު، ފިޔަވަޅު އަޅާ!
ރައީސްގެ އަބުރާ ބެހުނު ކަމަށް ބުނެ ދައުވާ ކުރަނީ
"އެމްޑީޕީގެ ޚިޔާނާތް ނުބެލީ މަސްރަހު ހޫނު ނުކުރަން"
ސަރުކާރުގެ ވަސީލަތް ބޭނުން ކުރާ މައްސަލަ ޕޮލިހަށް
ރައީސް ޔާމީނަށް ތުހުމަތުކޮށް އޭސީސީ އަށް މައްސަލަތަކެއް
ރައީސް ވާހަކަދެއްކެވީ ޚިޔާނާތް އާދައިގެ ކަމަކަށް ހަދަން
"އިހަވަންދޫގެ ފިނި ތަރުހީބުން ޔާމީނަށް ދިނީ މެސެޖެއް"
އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ކެމްޕެއިނެއް!