Roadha Mihaaru
ކުރެންދޫގައި 50 ފްލެޓް އެޅުމަށް އެސްޖޭއަށް

ކުރެންދޫގައި 10 ބުރީގެ އިމާރާތެއްގައި 50 ފްލެޓް އަޅަން އެސްޖޭއާ ހަވާލުކޮށްފި

19 މާޗް 2023

ޅ. ކުރެންދޫގައި 10 ބުރީގެ އިމާރާތެއްގައި 50 ފްލެޓް އަޅަން އެސްޖޭ ޓްރޭޑް އެންޑް ޕްރައިވެޓް ލިމިޑެޓްއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޅ. ކުރެންދޫގައި 10 ބުރީގެ އިމާރާތެއްގައި 50 ފްލެޓް އަޅަން އެސްޖޭ ޓްރޭޑް އެންޑް ޕްރައިވެޓް ލިމިޑެޓްއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

އާންމު ގޮތެއްގައި، ރަށްރަށުގައި މިހާ އުސްކޮށް ފްލެޓް އިމާރާތް ހަދަނީ ވަރަށް މަދުންނެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި އެސްޖޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމެވެ.

މިނިސްޓްރީން ބުނީ އެ މަސައްކަތް ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށެވެ.

ޅ. ކުރެންދޫގެ ފްލެޓް މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމް (ވ) އާއި ސްޖޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމް ސޮއިކުރައްވަނީ.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މަޝްރޫއުގެ ތަފުސީލު

• މި މަޝްރޫއުއަށް ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން 95،980،140ރ. ހަރަދުކުރާނެ

• މި މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ

• ކޮންމެ ފްލެޓެއްގައި 3 ކޮޓަރި، 3 ފާހާނާ، ސިޓިން ރޫމް، ބަދިގެ، ލޯންޑަރީ އަދި ގުދަނެއް ހުންނާނެ

• ލިފްޓް ހުންނާނެ

• ގްރައުންޑް ފުލޯގައި ކޮމާޝަލް އޭރިއާއަކާއި ބިލްޑިން ސާވިސް އޭރިއާއެއް

މިނިސްޓްރީން ބުނީ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށާއި އާންމުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ފްލެޓްތައް ވަށައިގެން އަލި ކުރެވޭނެ ކަމަށާއި ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް ވެސް ހަދާނެ ކަމަށެވެ.

ސަރުކާރުން މިހާރު ވެސް އަންނަނީ މާލެ އާއި ވަރަށް ގިނަ ރަށްރަށުގައި ހައުސިން މަޝްރޫއުތައް ހިންގަމުންނެވެ.