މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް މާދަމާ އިއުލާންކުރަން ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
07 އޯގަސްޓް 2023
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް މާދަމާ އިއުލާންކުރަން ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
ފްލެޓާއި ގޯތި ކޮމިޓީގެ ޗެއާމަން އަދި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކާމާލުއްދީން މިރޭ "މިހާރު" އަށް ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް މާދަމާ އިއުލާން ކުރުމަށް ފަހު، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.
"އެ އަށް ފަހު އޮންނަ ޕްރޮސީޖާގެ ތެރެއިން އެހެން ކަންކަން ވެސް ކުރިއަށް ގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ފަހި ދިރިއުޅުމުން ހަދާ ބައެއް ޓަވަރުތަކުގެ ތެރެއިން ޓަވަރެއް: މިތަނުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކުރަން އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފަހި ދިރިއުޅުން ކޯޕަރޭޝަނުން 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އަށް ޓަވަރުގެ މަސައްކަތް ނިންމާލުމެވެ.
ފްލެޓަށް އެދި ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ވަނީ ފޯމު ހުށަހަޅައިފަ އެވެ. ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން 14،400 މީހުން ކުރިމަތިލީ ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އަދި 6،200 މީހުން ކުރިމަތިލީ ދެ ކޮޓަރީގެ އެޕާޓްމެންޓަށެވެ.
ސަރުކާރުން ފްލެޓް ލިސްޓު އިއުލާންކުރަން ތައްޔާރުވީއިރު، މިދިޔަ ޖޫން މަހުގެ ފަހުކޮޅު ވަނީ މާލެ މީހުންގެ ތެރެއިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު ވެސް އިއުލާނުކޮށްފަ އެވެ.
"ޕޮއިންޓާ ކުޅުނު ކަމަށް ބުނީ އެކްސެސް ނުދެނީސް"
ފްލެޓް ނުލިބިގެން އަޑުގަދަ ކުރީ 10 މީހުން: އަކްރަމް
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނޯންނާނެ: އަކްރަމް
ފްލެޓު ދިނީ އޭގެ އެންމެ ހައްގުވެރިންނަށް: މިނިސްޓްރީ
ފްލެޓަށް ޕޮއިންޓް ދިންގޮތް ޕޯޓަލް އިން މާދަމާ ފެންނާނެ
ދެވަނަ ބުރުގެ ގޯތި/ފްލެޓް ލިސްޓް ލިބޭ މީހުން ނިންމަނީ
ގެދޮރުވެރިޔާ ސްކީމުން 13،000 ފްލެޓަށް ޝަރުތުހަމަވޭ
ގޯތި ލިސްޓަށް 800 އެއްހާ ޝަކުވާ ހުށަހެޅި: އަކްރަމް
އީދުގެ ކުރިން ފްލެޓާއި ގޯތީގެ ލިސްޓު އިއުލާނު ކުރާނެ