Roadha Mihaaru
އޭޑީކޭއިން ނަރުހުންގެ ޑިޕްލޮމާ ކޯހެއް ހިންގަނީ

އޭޑީކޭއިން ނަރުހުންގެ ޑިޕްލޮމާ ކޯހެއް ހިންގަނީ

23 މާޗް 2023

އޭޑީކޭގެ ޝާފިޔާ އިންސްޓިޓިއުޓް އޮފް ހެލްތުން ފަށަން ހަމަޖެހިފައިވާ ޑިޕްލޮމާ އިން ނާސިން ކޯހަށް މި މަހުގެ ނިޔަލަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އޭޑީކޭގެ ޝާފިޔާ އިންސްޓިޓިއުޓް އޮފް ހެލްތުން ފަށަން ހަމަޖެހިފައިވާ ޑިޕްލޮމާ އިން ނާސިން ކޯހަށް މި މަހުގެ ނިޔަލަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ޝާފިޔާ އިންސްޓިޓިއުޓަކީ ރާއްޖޭގެ ހޮސްޕިޓަލެއްގައި ހެލްތު ޕްރޮފެޝަނަލުން ތަމްރީނު ކުރުމަށް ހުޅުވި ފުރަތަމަ އިންސްޓިޓިއުޓެވެ. އަދި ޑިޕްލޮމާ އިން ނާސިން ކޯހަކީ ހޮސްޕިޓަލަކުން އިސްނަގައިގެން ރާއްޖޭގައި ހިންގާ ފުރަތަމަ ކޯހެވެ.

ޝާފިޔާ އިންސްޓިޓިއުޓުގައި ދަރިވަރުން ތަމްރީނު ކުރާ ތަނެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޝާފިޔާ އިންސްޓިޓިއުޓުގައި ދަރިވަރުން ތަމްރީނު ކުރާ ތަނެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ކޯހަށް އެޕްލައި ކުރާ އެންމެ މޮޅު ފަސް ދަރިވަރަކަށް ސްކޮލާޝިޕުގެ ފުރުސަތު ދޭނެ އެވެ. އޭގެ ތެރެއިން ތިން ސްކޮލާޝިޕެއް ހެލްތު މިނިސްޓްރީން ދިނުމަށް އެ މިނިސްޓްރީއާ ވަނީ ހަވާލު ކޮށްފަ އެވެ،

މި ކޯހުގައި ބައިވެރިވެވޭނީ ޖީސީ އޯލެވެލްގެ ތިން މާއްދާއިން ދަށްވެގެން ސީ ފާހާއި އޭލެވެލް ދެ މާއްދާއިން ފާސްވެގެންނެވެ. މި ކޯހުގެ ފުރަތަމަ އިންޓޭކަށް ނެގުމަށް ހަމަޖެހިފައި ވަނީ 20 ދަރިވަރުންނެވެ.

މި ކޯހާ ގުޅޭގޮތުން އޭޑީކޭ ހޮސްޕިޓަލުގެ ހެޑް ނާސް އެންޑް ޕޭޝަންޓް އެޑިއުކޭޝަން އައިމިނަތު ރިޝްފާ ވިދާޅުވި ގޮތުގައި މި ކޯހަށް ލިމިޓެޑް ސީޓުތަކެއް ކަނޑައަޅާފައި ވަނީ ކޯހުގެ ކޮލިޓީ ދެމެހެއްޓުމަށެވެ. އަދި ކޯހުގެ އަމަލީ ތަމްރީނުތައް ކުރިއަށް ދާއިރު މޮނީޓާކުރުމަށް ނަރުހުން ތިބެން ޖެހޭ ކަމަށާއި އެ ފަދަ ހުރިހާ ކަމަކަށް ބެލުމަށް ފަހު މި ފަހަރު ފުރުސަތު ދޭނީ 20 ދަރިވަރަކަށް ކަމަށް ވިދާޅުވި އެވެ.

ނަރުހުންނަށް ބޭނުން ވާނެ ތަމްރީނުތައް ދިނުމަށް އިންސްޓިޓިއުޓް އޮތީ ތައްޔާރަށް. -- ފޮޓޯ: އޭޑީކޭ

ނަރުހުންނަށް ބޭނުން ވާނެ ތަމްރީނުތައް ދިނުމަށް އިންސްޓިޓިއުޓް އޮތީ ތައްޔާރަށް. -- ފޮޓޯ: އޭޑީކޭ

ރާއްޖޭގައި ނަރުހުންގެ ތެރޭގައި ބޭރުގެ ނަރުހުން ނިސްބަތުން ވަރަށް ގިނަ އެވެ. އަދި ދިވެހި ނަރުން މި ދާއިރާ އަށް ވަނީ ވަރަށް ބޮޑަށް ބޭނުންވެފަ އެވެ. މި އިންސްޓިޓިއުޓުގެ ބޭނުމަކީ ނާސިން ދާއިރާގައި ދިވެހި ނަރުހުން މަސައްކަތް ކުރާ މިންވަރު ނިސްބަތުން އިތުރުކުރުމެވެ. އެގޮތުން ޑިޕްލޮމާ އިން ނާސިން ކޯހަކީ ފެށުމެކެވެ.

މި ފަދަ އިތުރު ޕްރޮގްރާމުތައް މުސްތަގުބަލުގައި ވެސް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި މި ވަގުތު ތަމްރީން ލިބެން ނެތް ބައެއް ސްޕެޝަލްޓީ ނާސިންގެ ދާއިރާތަކުން ނަރުހުން ތަމްރީނު ކުރުމަށް އަންނަނީ ރާވަމުންނެވެ. އަދި ދުރުނޫން މުސްތަގުބަލެއްގައި އެ ކޯސްތައް ފެށުމުގެ ތައްޔާރީތައް ވެސް އަންނަނީ ވަމުންނެވެ.

މި އިންސްޓިޓިއުޓުން ތަމްރީނުވާ ދަރިވަރުންނަށް ބޭނުންވާ ޕްރެކްޓިކަލް އެކްސްޕީރިއެންސް އޭޑީކޭ ހޮސްޕިޓަލުން ދޭނެ އެވެ. މިއީ ދަރިވަރުންނަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ. އޭޑީކޭ ހޮސްޕިޓަލަކީ މަލްޓި ސްޕެޝަލްޓީ ހޮސްޕިޓަލަކަށް ވެފައި އެހެން ހޮސްޕިޓަލްތަކުން އާއްމުކޮށް ކުރެވެން ނެތް ބައެއް ބޮޑެތި އޮޕަރޭޝަންތަކާއި ޕްރޮސީޖާތައް އެ ހޮސްޕިޓަލުން ހަދާއިރު، އެ ފަދަ ކަންކަމުގެ އަމަލީ ތަޖުރިބާ ދަރިވަރުންނަށް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.

މި ކޯސް ނިންމާ ދަރިވަރުންގެ ތެރެއިން ބޭނުން ދަރިިވަރަކަށް އޭޑީކޭ ހޮސްޕިޓަލުން ވަޒީފާގެ ފުރުސަތު ލިބޭނެ އެވެ.

ޝާފިޔާ އިންސްޓިޓިއުޓް އޮފް ހެލްތުގައި މިހާރު ވެސް އިމަޖެންސީ މެޑިކަލް ޓެކްނިޝަން ކޯހާއި އެޑްވާންސް ލައިފް ސަޕޯޓު ކޯހާއި އިމަޖެންސީ އޮބްސްޓެޓްރިކް ރެސްޕޮންސް ފަދަ ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް ކޯސްތައް ދަނީ ހިންގަމުންނެވެ.

ނޯޓު: މިއީ އޭޑީކޭ ހޮސްޕިޓަލުގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.