Roadha Mihaaru
އޭޑީކޭ ގުރުއާން މުބާރާތުގެ ނަތީޖާ އިއުލާނު ކޮށްފި

އޭޑީކޭ ކުންފުނިތަކުން ބޭއްވި ގުރުއާން މުބާރާތުގެ އިނާމްދީފި

18 ޖޫން 2017

އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީސްގެ މުވަައްޒަފުންނަށް އަމާޒުކޮށްގެން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ގުރުއާން މުބާރާތުން ވަނަ ހޯދި ފަރާތްތަކަށް ރޭ އިނާމު ދީފި އެވެ.

އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީސްގެ މުވަައްޒަފުންނަށް އަމާޒުކޮށްގެން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ގުރުއާން މުބާރާތުން ވަނަ ހޯދި ފަރާތްތަކަށް ރޭ އިނާމު ދީފި އެވެ.

އެ މުބާރާތުން އެއްވަނަ އަށް ހޯދި އީމާން އަހްމަދު އިސްމާއީލް އަށް ލިބުނީ 10،000ރ. ގެ ފައިސާ ގެ އިނާމާ އަމިއްލަ ފަރާތްތަކުން ހަދިޔާ ކޮށްފައިވާ އެކި އިނާމުތަކެވެ. ދެވަނަ ހޯދި މަރިޔަމް ލައްޔަ ރިޔާޒް އަށް 5،000ރ. ގެ އިނާމު ލިބުން އިރު ތިންވަނަ އަށް ދިޔަ އައިޝަތު ޖަޒީލާ އަށް ލިބުނީ 3،000ރ. ގެ ފައިސާގެ އިނާމެކެވެ. ވަނަތައް ހޯދި ހުރިހާ ފަރާތްތަކަށް ވެސް އަމިއްލަ ފަރާތްތަކުން ހަދިޔާ ކުރި އެކި އިނާމުތައް ލިބުނެވެ.

ނަތީޖާ އިއުލާނުކުރި ހަފްލާ ގައި ވާހަކަ ދައްކަވަމުން އޭޑީކޭ ގްރޫޕުގެ ޗެއާމަން އަހްމަދު ނާޝިދު ވިދާޅުވީ ގުރުއާން ކިޔެވުމުގެ ސިލްސިލާ މުބާރާތްތައް ކޮންމެ އަހަރަކު ބާއްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. މިއީ އޭޑީކޭ ކުންފުނިތަކުގެ މުވައްޒަފުންގެ ޖަމިއްޔާ އިން އަމިއްލަ އަށް އިސްނަގައިގެން ރާވާ ހިންގި މުބާރާތެއް ކަމަށާއި އެކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް ނާޝިދު ޝުކުރު އަދާ ކުރެއްވި އެވެ.

އޭޑީކޭ ކުންފުނިތަކުގެ މުވައްޒަފުންގެ ރިކްރިއޭޝަން ކްލަބުން ފުޓްބޯޅައާއި ކްރިކެޓް މުބާރާތްތައް ވެސް ވަނީ ހިންގައިފަ އެވެ. މި އަހަރު ފެށުނު ގުރުއާން މުބާރާތު ގައި 15 މުވައްޒަފުން ބައިވެރިވި އިރު އޭގެތެރޭގައި ދިވެހިންގެ އިތުރުން އޭޑީކޭ ގައި ވަޒީފާ އަދާ ކުރާ ބިދޭސީ މުވައްޒަފުން ވެސް މުބާރާތުގައި ބައިވެރިވި އެވެ.