Roadha Mihaaru
އައްޑޫގައި އިސްލާމީ މަރުކަޒެއް އަޅަން ހަވާލުކޮށްފި

އައްޑޫގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރަން ހަވާލުކޮށްފި

24 މާޗް 2023

އައްޑޫގައި އިސްލާމީ މަރުކަޒެއް ތަރައްގީކުރުމަށް ފީޑޯ ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫގައި އިސްލާމީ މަރުކަޒެއް ތަރައްގީކުރުމަށް ފީޑޯ ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

ދެ ފަންގިފިލާ ހިމެނޭ ގޮތަށް އިމާރާތްކުރާ އެ އިމާރާތުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނާ ރޫމްގެ އިތުރުން އިދާރީ އޮފީހަކާއި އިސްލާމީިކް ލައިބްރަރީ އަދި ޕޭންޓްރީއެއް ހިމެނޭނެ އެވެ.

އެ މަޝްރޫއު، ފީޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ ކުންފުންޏާ އެ މަަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ. އެމަނިކުފާނު ވަނީ އެ ރަސްމިއްޔާތުގެ ކުރިން އިސްލާމީ މަރުކަޒު ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ވަޑައިގެން އެެ ސަރަހައްދު ބައްލަވާލައްވާފަ އެވެ.

‎އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިބް ރައީސް ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން އެތަނުގެ ސީނިއާ މެނޭޖްމަންޓާ ވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ވަނީ ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ ވަސީލަތްތައް އިތުރަށް ބޭނުންވާކަން ފާހަގަކުރައްވައިފަ އެވެ. އެހެންވެ، އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ނައިބް ރައީސް ވިދާޅުވެފައިވެ އެވެ.